ޚަބަރު

މިއަދު މުޖްތަމަޢު ޚަރާބުކުރަމުންދުވާ ލިވާޠީންތައް ހައްޔަރުކުރަންޖެހޭ: ޑރ.އިޔާޒް

މިއަދު މުޖްތަމަޢު ޚަރާބުކުރަމުންދުވާ ލިވާޠީންތައް ހައްޔަރުކުރަންޖެހޭ ކަމަށް ދީނީ ޢިލްމްވެރިޔާ ޑރ.އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީދާ ގިނަވެގެން އުޅޭ ދުވަސްވަރު ސިފައިންނާއި ފުލުހުން ނިކުމެ މީދާމަރަން އުޅޭ ފަދައިން މިއަދު މުޖްތަމަޢު ޚަރާބުކުރަމުންދުވާ ލިވާޠީންތައް ހައްޔަރުކުރަން ނިކުންނަންޖެހޭ ކަމަށެވެ.

ޑރ.އިޔާޒް މިފަދައިން ޓްވީޓް ކޮށްފައިވާއިރު ބަންގްލަދޭޝްގެ ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް، އާންމުވި ވީޑިއޯތަކުގެ މައްސަލަ ދޫކޮށް ނުލައްވާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން ގާނޫނުގެ ތެރެއިން އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުސީދާ ގޮތެއްގައި ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މީގެ ގާތްގަނޑަކަށް މަސް ދުވަސް ކުރިން އާންމުވި، އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ތުހުމަތުވާ މީހުންނާ މެދު މާބޮޑު ފިޔަވަޅެއް އަދި އެއްވެސް ރަސްމީ ފަރާތަކުން ނާޅައެވެ.  

ފިޔަވަޅު ނާޅައި ދޫކޮށްލާފައި ތިބި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ބައެއް ސިޔާސީ މީހުންނާއި މުޖުތަމައުގައި ނަން ހިނގާ ގިންތީގައި ތިބި ބައެއް މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ވީޑިއޯތަކުން ފެންނަ ބަންގްލަދޭޝްގެ އަލަމްގީރު ހައްޔަރުކޮށް، ފުލުހުން ތަހުގީގު ކުރިޔަސް އެ ވީޑިއޯތަކުން ފެންނަ ދިވެހިންގެ ތެރެއިން އެކަކުވެސް މިހާތަނަށް ހައްޔެއް ނުކުރެ އެވެ.

އެހެންވެ، އަދުލު އިންސާފު ހިންގަނީ ވަކި ބައެއްގެ މައްޗަށްތޯ ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ބައެއް ނޫސްރިޕޯޓްތައް ބުނާގޮތުންނަމަ އަލަމްގިރި ކައިރިއަށް ދިޔަ ދިވެހިންގެ ޢަދަދު މިހާރު 200 އަށްވުރެ މައްޗަށްވަނީ އަރާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close