ބޭރުދުނިޔެ

ރަޝިއާއިން ޔޫރަޕަށް ގޭސް ޕަމްޕް ކުރަން އަލުން ފަށައިފި

ރަޝިއާގެ މުހިންމު ޕައިޕްލައިން އަކުން ޔޫރަޕަށް ގޭސް ޕަމްޕް ކުރަން އަލުން ފަށައިފިއެވެ.

ނޯޑް ސްޓްރީމް 1 ޕައިޕްލައިން އަލުން ގޭސް ޕަންޕްކުރަން ފަށާފައިވަނީ 10 ދުވަހުގެ މެއިންޓެނަންސް ބްރޭކަކަށްފަހުގައެވެ.

ބުދަ ދުވަހު ޔޫރަޕިއަން ކޮމިޝަނުން ވަނީ ރަޝިޔާއިން ޔޫރަޕްގެ ސަޕްލައި މެދުކެނޑުމުން ކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި ގޭސް ބޭނުންކުރާ ނިސްބަތް %15 މަދުކުރުމަށް ޤައުމުތަކަށް އިލްތިމާސްކޮށްފައެވެ.

ރަޝިޔާއިން މިދިޔަ އަހަރު ޔޫރަޕަށް ސަޕްލައިކޮށްފައިވަނީ އެގައުމުގެ ގުދުރަތީ ގޭހުގެ %40 އެވެ.

2020 ވަނަ އަހަރު ޖަރުމަނަކީ އެ ކޮންޓިނެންޓްގެ އެންމެ ބޮޑު އިމްޕޯޓަރެވެ. ނަމަވެސް ރަޝިޔާ ގޭހަށް ބަރޯސާވާ މިންވަރު ވަނީ %55 އިން %35 އަށް ދަށްކޮށްފައެވެ. ޖަރުމަނުން ބޭނުންވަނީ ރަޝިޔާއިން ގޭސް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ، ސްޓޭޓް ގޭސް ފާމް “ގެޒްޕްރޮމް” އިން ކޮންޓްރެކްޓް އުސޫލުން އަދާކުރަންޖެހޭ ހުރިހާ ޒިންމާއެއް އަދާކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭނާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވަނީ ރަޝިޔާއިން ގޭސް ބޭނުންކުރަނީ ސިޔާސީ ބްލެކްމެއިލް ކުރުމަށް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ.

ނަމަވެސް މި ޕައިޕްލައިންގެ ކެޕޭސިޓީގެ 40 އިންސައްތަ ހަމައެކަނި ޑެލިވަރީ ކުރަމުން އަންނަ އިރު، ޖަރުމަނުވިލާތުގެ ނެޓްވޯކް ރެގިއުލޭޓަރުގެ އިސްވެރިޔާ ވަނީ، ގޭސް ފްލޯތައް އަލުން ފެށުމަކީ، ނުތަނަވަސްކަން ލުއިވަމުން އަންނަ ކަމުގެ ހެއްކެއް ނޫން ކަމުގެ އިންޒާރު ކުރައްވާފައެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަތުމާއި ގުޅިގެން ޔޫރަޕާއި ރަޝިއާ ދެމެދުވަނީ ނުތަނަވަސްކަން ފެތުރިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close