ބޭރުދުނިޔެ

އައިއެމްއެފްގެ ލޯނުނެގުމުގެ ބޭނުމެއް މިވަގުތު ނެތް: ބަންގްލަދޭޝްގެ މާލީ ވަޒީރު

އައިއެމްއެފް އިން ލޯނުނެގުމުގެ ބޭނުމެއް މިވަގުތު އެޤައުމަށް ނެތް ކަމަށް ދެކެވަޑައިގަންނަވައި ކަމަށް ބަނގްލާދޭޝްގެ މާލީ ވަޒީރު ކަމާލު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ ކަމާލް މިހެން ވިދާޅުވީ ސަރުކާރުން އައިއެމްއެފްއަށް ލޯނު ނެގުމުގެ ޕްރޮޕޯސަލެއް ފޮނުވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

“ކޮންމެހެން ނަގަން ޖެހޭ ނަމަ ލޯނެއް ނަގާނަން. އެކަމަކު މިހާރު އަހަރެމެން ބޭނުމެއް ނޫން،” ބުދަ ދުވަހު ޑާކާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކަމާލް ވިދާޅުވި އެވެ.

ދާދިފަހުން އައި.އެމް.އެފް.ގެ ކޮންސަލްޓޭޓިވް ޓީމެއް ބަންގްލަދޭޝްއަށް ގޮސް، އެކިއެކި މިނިސްޓްރީތަކާއި، ސަރުކާރުގެ އޮފީސްތަކާ އެކީގައި ބައްދަލުވުންތަކެއް ބޭއްވި. އައި.އެމް.އެފް.އިން 4.5 ބިލިއަން ޑޮލަރުގެ ލޯނެއް ނެގުމުގެ މަޝްވަރާތައް ކުރެވުނު.
“އެމީހުން ސަރުކާރަށް ވެސް އަދި ސަރުކާރުން އައިއެމްއެފަށް ވެސް ނަސޭހަތް ތެރިވި. އެމީހުންގެ ނަސޭހަތަކީ ސަރުކާރަށް ފައިދާ ހުރި ނަސޭހަތެއް،” ކަމާލް ވިދާޅުވި އެވެ. “އާންމު ގޮތެއްގައި އެމީހުން ލަފާ ދެނީ އިސްލާހީ ބަދަލުތައް ގެންނަން. މިއީ ޤައުމަށް ފައިދާހުރި ކަންކަން. އެބޭފުޅުންގެ ހުށަހެޅުންތައް އަޅުގަނޑުމެން ބަލައިގަންނަން.”
ކަމާލް ވިދާޅުވީ ސަރުކާރުން އައިއެމްއެފްއިން ލޯނު ނެގި ނަމަވެސް، އިސްކަން ދޭނީ ބަންގްލަދޭޝްގެ މަސްލަހަތަށް ކަމަށެވެ.

“ވަރަށް ގިނަ ބަޔަކު ބިރުގަނޭ އަޅުގަނޑުމެން ގައުމަށް ފައިދާއެއް ނުކުރާނެ ފަދަ ޑީލެއްގެ ތެރެއަށް ވަދެވިދާނެތީ. އެއްވެސް ހުށަހެޅުމެއް އަތުވެއްޖެ ކަމަށްވަންޏާ، ހަމަ ކަށަވަރުންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެޕްރޮޕޯޒަލްތަކާ ބެހޭގޮތުން. އަދި ގައުމުގެ މަސްލަހަތު ގައި ނުހިމެނޭ އެއްވެސް މަޝްރޫއެއް ނުވަތަ ފަންޑިންއެއް އަޅުގަނޑުމެން ދުވަހަކުވެސް ނުނަގާނަން.”
ބަނގްލަދޭޝްގެ ބޭރު ފައިސާގެ ރިޒާވްގެ ހިސާބު އައި.އެމް.އެފް.ގެ އެކައުންޓް، ސަރުކާރުގެ އެކައުންޓްތަކާ ތަފާތު. “އަހަރެމެންގެ އެކައުންޓަކީ އެހެން ގައުމުތަކާ އެއްފަދަ އެކައުންޓެއް،” ކަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިއެމްއެފްއިން ފައިސާ ނަގާނަމަ އައިއެމްއެފްގެ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ބަންގްލަދޭޝްގައި ހުރި ކަމަށެވެ. “އަޅުގަނޑުމެން އެމީހުންގެ އެހީ އަނބުރާ ނުދެންތޯ. އައިއެމްއެފްއަކަށް ނުބުނެވޭނެ އަޅުގަނޑުމެން ފައިސާ ދެއްކުން އެއްދުވަހުން ވެސް ލަސްކުރީއޭ.”

“އަޅުގަނޑުމެންނަށް ލޯނު ދީފިނަމަ އެބޭފުޅުންގެ އެއްވެސް ކަންބޮޑުވުމެއް ނޯންނާނެ. އަޅުގަނޑުމެން ތަކުރާރުކޮށް ޔަގީންކަން ދެން ލޯނު މައާފުކުރަން ވިސްނަން ނުޖެހޭނެ ކަމަށް.”
ބަނގްލާދޭޝް މިވަގުތު އޮތީ ފުދިން ކަމަށް ކަމާލުވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close