ޚަބަރު ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތްކުރުމުގެ މަސައްކަތް ލަންދޫ ކައުންސިލާ ހަވާލުކޮށްފި

ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތްކުރުމުގެ މަސައްކަތް ލަންދޫ ކައުންސިލާ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ މަސައްކަތް މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލާ މިއަދު ސަރުކާރުން ހަވާލުކުރައްވައިފިއެވެ.

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލާއި ހަވާލު ކުރުމުގެ އެއްބަސްވުމުގެ ރަސްމިއްޔާތު މިއަދު އޮތީ ޑިޕާޓް މަންޓްއޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ލަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރީ ލަންދޫ ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް މަންސޫރު މުޙައްމަދު އެވެ.

މި މަސައްކަތަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ލަންދޫ ކައުންސިލްގެ ފުރިހަމަ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ހުއްދަދެއްވާފައިވާ މަސައްކަތެކެވެ.

ލަންދޫ މެޖިސްޓްރޭޓް ކޯޓަށް އައު އިމާރާތެއް ސަރުކާރުން ހަމަޖައްސަވައިދެއްވިއިރު، ލަންދޫ މެޖިސްޓްރޭޓް ކޯޓް ހިންގަމުން ގެންދަނީ ލަންދޫ ކައުންސިލް އިދާރާގެ އިމާރާތުގެ އެއްބައިގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ޓެގް

ލަންދޫމެޖިސްޓްރޭޓްކޯޓް ޖުޑީޝަލް ސަރވިސް ކޮމިޝަން ލަންދޫކައުންސިލް ލަންދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.