ޚަބަރު

އަތޮޅުތެރޭގެ ރައްތަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

މި ސަރުކާރުގެޞިއްޙީ ޚިދްމަތް ތަރައްޤީކޮށް ފުރިހަމަކުރުމުގެ ޕްރޮގްރާމްގެ ދަށުން އަތޮޅުތެރޭގައި އެމްބިއުލާންސް ނެތް ރަށްރަށް ބޭނުންވާ އެމްބިއުލާންސްތައް ފޮނުވުމުގެ މަސައްކަތް ހުއްޓައިނުލާ ސަރުކާރުން ކުރިއަށް އެބަގެންދަވައެވެ.

އެގޮތުން އެސްޓީއޯ މެދުވެރިކޮށް އެންމެފަހުން އެތެރެކުރި 96 އެމްބިއުލާންސް ރަށްރަށާ ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު މިއަދުވެސް ވަނީ ނ.އަތޮޅުގެ ބައެއް ރައްތަކަށް އެމްބިއުލާންސް ފޮނުވާފައެވެ.

އެގޮތުން މިއަދު އެމްބިއުލާން ފޮނުއްވި ރައްތަކުގެ ތެރޭގައި ނ.ލަންދޫ އާއި ނ.ހޮޅުދޫ  ހިމެނެއެވެ.

އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްރަށް

ހއ. މުރައިދޫ

ހއ. އިހަވަންދޫ

ހދ. ނޮޅިވަރަންފަރު

ށ. މާއުނގޫދޫ

ނ. ހޮޅުދޫ

ނ. ލަންދޫ

ރ. ހުޅުދުއްފާރު

ބ. ކަމަދޫ

ބ. ހިތާދޫ

ކ. ހިންމަފުށި

ކ. ގުޅި

އދ. އޮމަދޫ

ދ. ބަނޑިދޫ

ދ. ހުޅުދެލި

ތ. ގުރައިދޫ

ލ. ފޮނަދޫ

ގއ. ދެއްވަދޫ

ގދ.ގައްދޫ

ގދ. ހޯޑެއްދޫ

އެސްޓީއޯއިން ގަތް ފުރަތަމަ 20 އެމްބިއުލާންސް ރާއްޖެ ގެނައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ދެވަނަ ޝިޕްމަންޓް ގެނައީ ނޮވެމްބަރުގައެވެ. އެ ހުރިހާ އެމްބިއުލާންސެއް ވެސް މިހާރު ގެންދަވަނީ ރަށްރަށަށް ފޮނުއްވަމުންނެވެ.

އެސްޓީއޯއިން މި އެމްބިއުލާންސްތައް ރާއްޖެ ގެނެސް ރަށްރަށަށް ފޮނުއްވަމުން ގެންދަވަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

ސަރުކާރުން އަމާޒުކުރީ މިދިޔަ އަހަރު ނިމުމުގެ ކުރިން އެ އެމްބިއުލާންސްތައް ރާއްޖެ ގެންނާށެވެ. ނަމަވެސް އެކަން ވާ ގޮތެއް ނުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close