ޚަބަރު ދުވަސްވީ މީހުންނަށް އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

ދުވަސްވީ މީހުންނަށް އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

ދުވަސްވީ މީހުންނަށް އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމައުގެ ސަގާފަތާއި ރިވެތި އާދަތައް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭ އަގުހުރި ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ވިދާޅުވީ، ދުނިޔޭގެ އާބާދީ ދުވަހެއް ދުވަހަކަށް ދުވަސްވީ މީހުންގެ މައްޗަށް ބިނާވަމުންދާއިރު، އެ ފަރާތްތަކަށް އަޅާލުމާއި އެހީތެރިކަން ދިނުމުގެ ސިޔާސަތުތަކަށް އަލުން ބަލަންޖެހިފައިވާ ކަމަށެވެ. އަދި އެބޭފުޅުންނަށް ދުޅަހެޔޮ، އުފާވެރި އަދި އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރަންވާނީ ހަރުދަނާ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަކުން ދުވަސްވީ މީހުންނަށް ދާއިމީ އެހީތެރިކަން ލިބޭނެ ގޮތަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ. ގައުމީ ތަރައްގީގައި ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޓެގް

މެޑަމް ސާޖިދާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.