އުފާވެރި ފިތުރު އީދު – ޢީދު މުބާރަކް
ބަރަކާތްތެރި ، އުފާވެރި ފިތުރު ޢީދު ތަހުނިޔާ އެންމެހައި ބޭފުޅުނަށް އަރިސްކުރަމެވެ. މިއުފަލުގައި ތިޔަހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ ގާތްތިމާގެ ބޭފުޅުންނާއި، ރައްޓެހިންވެސް ޝާމިލް ކުރަމެވެ.
އަޅުގަނޑުމެންގެ އީދުތަކުގެ އަސްލުމަޤްޞަދަކީ ހަމައެކަނި އުފާފާޅުކޮށް މަޖާކުރުމެއް ނޫނެވެ. އުފާފާޅުކޮށް ހިނިތުންވެ ޝިއާރުތައް ހިއްސާ ކުރުމުގެ އިތުރުން މިއީދުގެ މުނާސަބަތަކީ ހަސަދަވެރިވުމާއި ބައިބައިވުމާ ދުރުހެލިވުމަށް އަޒުމު ކަނޑައަޅައި އެއްބައިވަންތަކަން އިސްކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމުގައި އަޅުގަނޑުމެން ދެނެގަންނަން ޖެހެއެވެ.
މިއީ ގާތްތިމާގެ ކަމުގެ ގުޅުން ފަދަ މަތިވެރި ގުޅުންތައް ބަދަހިކުރަންވީ ދަނޑިވަޅެވެ. އަދި އީދާ ގުޅިގެން އުފާ ފާޅުކުރާއިރު، އަޅުގަނޑުމެންގެ އުފަލުގައި އެފަދަ ތަނަވަސްކަން ނެތް އަޚުންނާއި، އުޚުތުންވެސް ބައިވެރިކުރަން ޖެހޭނެއެވެ.
ފިތުރު ޢީދު ދުވަހު އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް އަންގަވާފައިވަނީ މިހެން ވެގެންނެވެ، މިކަމުގެ ސަބަބުން ފަޤީރުންނަށް ސަލާން ނުޖަހައި ދިރި އުޅެވޭނެ ވަރުގެ ތަނަވަސްކަމެއް ލިބިގެންދާނެއެވެ.
ފިތުރު ޢީދަކީ ރަމަޟާން މަހުގެ ރޯދައާ ގުޅިގެން އަންނަ ޢީދަކަށް ވީހިނދު ރަމަޟާން މަސް ނިމުނު ކަމުގައި ވިޔަސް އަޅުކަމާއި ހެޔޮ އަމަލު ކުރުމުން ދުރުހެލިވެގެން ނުވާނެއެވެ. އަދި ރަމަޟާން މަހަށް ފަހު ޝައްވާލު މަހުގެ 6 ރޯދަ ހިފުމަކީ މުޅިއަހަރު ރޯދަހިފުން ފަދަ ކަމެކެވެ.
ކީރިތި ރަސޫލާ ޞޢވ ގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. “ރަމަޟާން މަހު ރޯދަ ހިފުމަށްފަހު އެއާ ވިދިގެން ޝައްވާލު މަހު 6 ދުވަހު ރޯދަ ހިފުމަކީ މުޅި އަހަރު ރޯދަ ހިފުމެވެ.”
އާއެކެވެ. ޢީދު ދުވަހަކީ ސާފު ހިތަކައިގެން އެކަކު އަނެކަކާ ސަލާންގަލާންކޮށް، އެކުވެރިކަމާއި ރަޙްމަތްތެރިކަން އާލާކުރަންވީ ދުވަހެކެވެ. ލޯތްބާ އެކު އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އަލުން ދިރުވައި ދަމަހައްޓަންވީ ދުވަހެކެވެ.
تَقَبَّلَ اللّهُ مِنَّ وَ مِنْكُمْ
