ނާރެސް.ކޮމް ގެ އެޑިޓަރ ، އެމްޑީޕީގެ ޕްރައިމަރީގައި ނ.އަތޮޅުގެ ރައީސްކަމަށް ވާދަކުރައްވަނީ
ނާރެސް.ކޮމްގެ އެޑިޓަރ އަލްފާޟިލް ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން، އެމްޑީޕީގެ ޕްރައިމަރީގައި ނ.އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާނެކަން ހާމަކުރައްވައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ނ.އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ޙަމީދު ( ޙަމީދު ސަރ ) މިހާރުވަނީ ޕާޓީގެ އޮފީހަށް ފޯމްވެސް ހުށަހަޅުއްވާފައެވެ.
ޙަމީދު ސަރ އަކީ ނ.މާފަރަށް ނިސްބަތްވާ ބޭފުޅެކެވެ. އެންމެންނާވެސް ގުޅޭ ހިތްހެޔޮ ބޭފުޅެކެވެ. އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި ތެދުވެރިކަމާއެކު ޕާޓީއަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިހުންނެވި ހިތްވަރުގަދަ އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. ސީޔާސީ ގޮތުންނާއި، ރަޙްމަތްތެރިއެއްގެ ގޮތުގައި ރައީސް ޞާލިޙްގެ އަރިސް ބޭފުޅެކެވެ.
އެމްޑީޕީގެ ޤައުމީ މަޖްލިސްގެ މެމްބަރުކަމާއި، ނ.އަތޮޅުގެ އެމްޑީޕީ ގޮފީގެ ރައީސްކަންވެސް ޙަމީދުސަރ ވަނީ ކުރައްވާފައެވެ. އެހެންކަމުން އެމްޑީޕީގެ މެމްބަރުންނާއި، އެހެނިހެންވެސް ޢާއްމު ގިނަބަޔަކު ދަންނަ ޙަމީދުސަރއަށް މި ގޮނޑި ކާމިޔާބު ވުމަށް ގިނަބަޔަކު އެދެއެވެ.

ޝަރީއާއިން މާސްޓަރސް ޙާޞިލް ކުރެއްވުމަށްފަހު މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީއިން ޕީއެޗްޑީ އަށް މިހާރު ކިޔަވާ ވިދާޅުވަމުން ގެންދަވާ ޙަމީދު ސަރ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާއިރު އޭނާއެކު ނ.އަތޮޅުގެ ކައުންސިލްގެ ރައީސްކަމުގެ ގޮނޑިއަށް އިތުރު ބޭފުޅުން ވާދަކުރައްވައެވެ.
ނާރެސް މީޑިއާ ޓީމްގެ ފަރާތުން ޙަމީދު ސަރއަށް ފުރިހަމަ ކާމިޔާބީއަށް އެދެމެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ލީޑިންގ ޓީޗަރެއްގެ މަޤާމްގައި ޙަމީދުސަރ މަސައްކަތް ކުރައްވާތާ 10 އަހަރަށްވުރެ ގިނަވެފައިވާއިރު އޭނާ ގެންދަވަނީ ހެންވޭރު ޝަހީދު ޢަލީ މިސްކިތުގެ އިމާމު ކަންވެސް ކުރައްވަމުންނެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން އެކުލާވެއްވި ދިވެހިރާއްޖޭގެ ޤައުމީ ސްކައުޓް ކައުންސިލްގެ މެމްބަރެއްގެ މަޤާމްވެސް ޙަމީދުސަރ ގެންދަވަނީ ފުރުއްވަމުންނެވެ.
މިހިނގާ ޖެނުއަރީ މަހުގެ 31 ގައި އެމްޑީޕީގެ ޕްރައިމަރީ އޮންނައިރު އެޕާޓީގެ އެކްޓިވިސްޓުން މިހާރު ގެންދަވަނީ ޕްރައިމަރީގެ ކެމްޕެއިންގެ އެކިއެކި ޙަރަކާތްތައް އެކިފެންވަރުގައި ހިންގަމުންނެވެ. ސިޔާސީގޮތުން ދިވެހިރާއްޖޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އެމްޑީޕީކަން އެއީއެންމެވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. އެމްޑީޕީއަކީ ޑިމޮކްރަސީގެ ރީތި އުޞޫލުތަކަށް ތަބާވާ ސިޔާސީ ގޮތުން ނަމޫނާ ޕާޓީއެކެވެ. އަދި ދިވެހިރާއްޖޭގައި އެންމެފުރަތަމަ އުފެދުނު ސިޔާސީ ޕާޓީއަކީވެސް އަދި އެންމެ ބޮޑު ސިޔާސީ ޕާޓީއަކީވެސް އެމްޑީޕީއެވެ.



ޙަމީދު ސަރ ކަމަށްވިޔަސް އަދި އެހެން ބޭފުޅަކަށްވިޔަސް އެމްޑީޕީ ގައި ހުރެގެން ދިނަށް ހުރުމަތްތެރިކޮށްނެއް ނުހިތޭނެ އެހެންވީމާ ނަސާހަތަކީ އެމްޑީޕީގެ ވިސްނުމާ ދުރަށް ވަޑައިގަންނަވާށޭ
ކޮންމެ މީހަކުނަމަވެސް ރަގަވާހަކައެއްް ބުނެިއްޔާ ވިސްނާފަ ޤަބޫލުކުރައްވާ
ނުރަގަޅު ވާހަކއެއްވިއްޔާ އިގްނޯ ކޮއލާ