ޚަބަރު

މިއަހަރުގެ ފިތުރު އީދު ދުވަހަކީ ހޯމަދުވަސް

މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީންކަނޑައަޅައިފި އެވެ.

މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އީދު ދުވަހަކީ ހޯމަ ދުވަސް ކަމަށް ކަނޑައެޅީ އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނިފައި ނުވާތީ އެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ވެސް އީދު ދުވަހަކީ ހޯމަ ދުވަހެވެ. އެގޮތަށް ފަލަކީ ހިސާބުތަކުން ދެއްކީ މިއަދު އިރުއޮއްސުމުގެ ކުރިން އިސްލާމީ ހުރިހާ ގައުމަކަށް ވެސް ހަނދު އޮއްސިފައިވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

ފަލަކީ ހިސާބުން ދައްކާގޮތުގައި، ރާއްޖެ އަށް މިއަދު އިރުއޮއްސުމުގެ 17 މިނެޓު ކުރިން ހަނދު އޮއްސުނެވެ. މައްކާ އަށް އިރުއޮއްސުމުގެ 15 މިނެޓު ކުރިން، މިސުރަށް އިރުއޮއްސުމުގެ 15 މިނެޓު ކުރިން، ތުރުކީ އަށް އިރުއޮއްސުމުގެ 17 މިނެޓު ކުރިން، މޮރޮކޯ އަށް އިރުއޮއްސުމުގެ 10 މިނެޓު ކުރިން ހަނދު އޮއްސިފައިވެ އެވެ، އެއްވެސް ގައުމަކަށް މިރޭ ހަނދު ފެނުމުގެ ފުރުސަތެއް ނޯންނާނެކަން ފަލަކީ ހިސާބުތަކުން ޔަގީން ވާތީ، މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ. އަދި ހުރިހާ ގައުމަކަށް ވެސް ފިތުރު އީދު ވާނީ ވިދިގެން އަންނަ ދުވަސް ކަމުގައިވާ މެއި މަހުގެ 2 ވާ ހޯމަ ދުވަހެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close