ޚަބަރު ޢުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ޢުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ދިވެއްސަކު މައްކާގައި ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ، ބ. އޭދަފުށީ މާބަގީޗާގޭ، އުމުރުން 76 އަހަރުގެ އަބޫބަކުރު ހަސަންއެވެ. އޭނާ ނިޔާވީ ރޭފަތިހު 05:30 އެހާކަންހާއިރުއެވެ.

އަބޫބަކުރު އާއިލާއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެނާ ނިޔާވީ ރޭގެ ފަތިސްނަމާދު ނިންމުމުމަށްފަހު އެނބުރި ހޮޓަލަށް އައި ފަހުންކަމަށެވެ. އަދި މަރަކީ ކުއްލި މަރެއްކަމަށްވެސް އާއިލާއިން ބުނެއެވެ.

އަބޫބަކުރު ހަސަން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔައީ އޭނާގެ އާއިލާގެ ހުރިހާ މެންބަރުންނާއެކު މިމަހުގެ 17 ވަނަ ދުވަހުއެވެ.

ޓެގް

ޢުމުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.