ބޭރުދުނިޔެ މިއީ މަގާމު ދޫކޮށްލަންވީ ވަގުތު ކަމުގައި ރާޖަޕަކްސައަށް ދަންނަވައިފި

މިއީ މަގާމު ދޫކޮށްލަންވީ ވަގުތު ކަމުގައި ރާޖަޕަކްސައަށް ދަންނަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މިއީ މަގާމު ދޫކޮށްލަންވީ ވަގުތު ކަމުގައި ރާޖަޕަކްސައަށް ދަންނަވައިފިއެވެ.

2015 ވަނަ އަހަރު ސްރީލަންކާގެ ރައީސް ކަމުގެ މަގާމު ދޫކޮށްލެއްވި ފަދައިން، ބޮޑުވަޒީރު ކަމުގެ މަގާމުވެސް ދޫކޮށްލެއްވުމަށް،އޭނާއަށް ދެންނެވީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން، ވެރިކަން ކުރާ މައި ޕާޓީ ދޫ ކުރައްވާ، މިނިވަންވެވަޑައިގެންނެވި މެންބަރުންނެވެ.

އެ ގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ގޮވާލައްވައިފިއެވެ.

މިނިވަން މެންބަރުންގެ ގޮތުގައި މިހާރު ހަރަކާތްތެރިވެވަޑައިގަންނަވާ މެންބަރުން، މި ކަމަށް ގޮވާލެއްވީ، ސްރީލަންކާގައި އެކުލަވާލާ ވަގުތީ ސަރުކާރެއްގައިވެސް ބޮޑުވަޒީރު ކަމުގައި ހުންނަވާނީ އޭނާ ކަމަށް ވިދާޅުވެ، މަހިންދަ ރާޖަޕަކްސަ ދެއްކެވި ވާހަކަފުޅާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ނޭޝަނަލް ފްރީޑަމް ފްރަންޓްގެ ނޭޝަނަލް އޯގަނައިޒާ، ޖަޔަންތާ ސަމަރަވީރާ ވިދާޅުވީ، އާންމުންގެ ދެކޮޅުވެރިކަމާ އެކުގައިވެސް މަގާމުން ފައިބާވަޑައިގަތުމަށް އިންކާރު ކުރައްވާ ކަމުގައި ވަނީ ނަމަ، އިތުބާރު ނެތް ކަމުގެ ވޯޓެއްގެ ތެރެއިން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލީސް މެންބަރުންނަށް މަޖުބޫރު ވާނެ ކަމަށެވެ.

ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ކާރިސާއިން އެ ގައުމު ސަލާމަތް ކުރުމަށްޓަކާ، ބޮޑުވަޒީރު ކަމުގައި ހުންނެވި ބޭފުޅާ އެ މަގާމުން ދުރުކޮށް، ރައީސްގެ މޭސްތިރި ކަމުގެ ދަށުން އިންތިގާލީ ސަރުކަރެއް އެ ކުލަވާލަން ޖެހޭކަމަށްވެސް ސަމަރަވީރާ ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު މަހިންދަ ރާޖަޕަކްސަ ވިދާޅުވީ، އޭނާގެ އިސްތިއުފާއަށް ގޮވާލައްވަނީ، ތާރީހު އެނގިވަޑައި ނުގަންނަވާ، މަދު އަދަދެއްގެ މަޖިލީސް މެންބަރުން ކޮޅެއް ކަމަށާ، ގިނަ މެންބަރުން އަދިވެސް ތިއްބެވީ އޭނާއާ އެކުގައި ކަމަށެވެ.

ޓެގް

ރާޖަބަކްޝާ ސްރީލަންކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.