ލައިފްސްޓައިލް

ކޮފީއިން މޫނުގެ ހަންރީތިވެ އޮމާންވާކަން އެނގޭތަ؟

ކޮފީއަކީ ހަމައެކަނި ބޯން ބޭނުންކުރުމުގެ އިތުރުން ގައިގެ އަދި ވަކިން ޚާއްޞަކޮށް މޫނުގެ ހަން ރީތިކޮށް އޮމާންކޮށް ބަހައްޓައިދޭ އެއްޗެއްކަން އަޅުގަނޑުމެންގެ ތެރެއިން އެނގެނީ ކިތައްބޭފުޅުންނަށް ބާއެވެ.
ކޮފީތައްޓެއް ބޯލުމުން ލިބޭ ހިތްހަމަޖެހުން އިޙްސާސްވާ ހިނދު އެއީ މޫނުގެ އޮމާންކަމަށްވެސް ވަރަށްބޮޑަށް އެހީވެދޭ ހަމަށް ދުޅަހެޔޮކަން ގެނެސްދޭ އެއްޗެކެވެ. ކޮފީ ބޭނުންކޮށްގެން މޫނުގެ ތަފާތު މާސްކުތަކެއް ތައްޔާރުކުރެވޭ ކަމުގައިވިޔަސް މި ފާހަގަކޮށްލެވޭ މާސްކްއަކީ ގެއްލިފައިވާ މޫނުގެ ތަޒާކަމާއި ކުރަކިކަމަށް އޮތް ހައްލެކެވެ.

ބޭނުންވާ ތަކެތި:

2/1 ޖޯޑު ކޮފީ ބީންސް
2/1 ޖޯޑު ކޮކޯ ޕައުޑަރ
1 ޖޯޑު ކިރު
1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
1 މޭޒުމަތީ ސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތް:

ކޮފީޕައުޑާރ އާއި ކޮފީ ބީން އަދި ކުޑަޖޯޑަކަށް އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ލުނބޯހުތާއި، ކިރާއި، މާމުއި އެޅުމަށްފަހު ރަގަޅަށް ގިރާލާށެވެ. ގިރާލުމަށް މިކްސްޗަރ ބޭނުން ކުރިއަށް އެންމެ ރަގަޅުވާނެއެވެ.
ދެން އެއަށްފަހު މޫނުގައި ތުނިކޮށް ހާކާށެއެވެ. އަދި 20 ނުވަތަ 30 މިނިޓްވަންދެން ބެހެއްޓު މަށްފު މޫނު ރަނގަޅަށް ދޮންނާށެވެ.
މިގޮތަށް އެއް ހަފްތާވަންދެން ކޮންމެ ދުވަހަކު ދެއިރު ކޮފީމާސްކު ހަދާށެވެ. އޭރުން މޫނުގެ ރީތިކަން އިތުރުވާނެއެވެ. ހަން އޮމާންވެ ހިތްހަމަ ޖެހުން ލިބޭނެއެވެ. އަޖުމަ ބައްލަވާލައްވާށެވެ.
 
މައުލޫމާތު ނެގީ: ޕްރައިމަލީ އިންސްޕަޔަރޑް އިން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close