ޚަބަރު ފަތިސް ނަމާދަށް ފަހު ނާޖިލާގެ ހަށިގަނޑު ވަޅުލައިފި

ފަތިސް ނަމާދަށް ފަހު ނާޖިލާގެ ހަށިގަނޑު ވަޅުލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ކ. ގާފަރު ގެސްޓްހައުސްއެއްގެ ތެރޭގައި ޒަޚަމް ތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އއ. ބޮޑުފުޅަދޫ ފަރުދާބަގީޗާގެ އައިމިނަތު ނާޖިލާ ލުތުފީގެ ޖަނާޒާ ރޭ ފަތިސްނަމާދަށް ފަހު ބާއްވައިފިއެވެ.

ނާޖިލާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޯލްޑްޓައުން ނަމަކަށް ކިޔާ ގެސްޓް ހައުސްއެއްގެ ފާހަނާ ތެރެއިންނެވެ. އެރަށުން މައުލޫމާތު ދިން މީހަކު ބުނީ، ނާޖިލާގެ ހަށިގަނޑުގައި އެކި ޒަހަމްތައް ހުރި ކަމަށެވެ.

އޭނާގެ ކަރަށް ވަޅިއަކުން ދިން ޒަހަމެއް ފެންނަން ހުރި އިރު އެއީ އޭނާ އަމިއްލައަށް ދިން ޒަހަމެއްކަން ނުވަތަ އެހެން މީހަކު ދިން ޒަހަމެއް ކަން ކަށަވަރު ނުވެއެވެ.

ނާޖިލާ އެ ރަަށަށް ގޮސް އުޅުމުގެ ތެރޭގައި ދަންވަރު އެކަނި ބޭރުގައި އުޅުމާއި އެ ގަޑީގައި މޫދަށް އެރި އުޅުނު ކަމަށްވެސް ބައެއް މީހުން ބުނެއެވެ. އެ ނޫންވެސް ޝައްކު ކުރެވޭ ފަދަ ކަންތައްތަކެެެއް އޭނާގެ ކިބައިން ފެނިފައިވެެއެވެ.

ނާޖިލާގެ މަރާއި ގުޅިގެން ބަލަން ޖެހޭކަންކަން ފުލުހުން ބަލަމުން އަންނައިރު، އަދި އިތުރު މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ޓެގް

ނާޖިލާ މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.