ބޭރުދުނިޔެ

ސޫދާންގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ޖެނެރަލް ބުރުހާން ސައޫދީއަށް ވަޑައިގެންފި

ސޫދާންގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ޖެނެރަލް ބުރުހާން ރަސްމީ ދަތުރު ފުޅެއްގައި ސައޫދީއަށް ވަޑައިގެންފިއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހޯމަ ދުވަހު ވަނީ ސޫދާންގެ އަސްކަރިއްޔާގެ އިސް ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރްހާންއާ ރިޔާދުގައި ވަކިވަކިން ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ބުރުހާނަކީ ސޫދާންގެ ޓްރާންސިޝަނަލް ސިޔާދަތީ ކައުންސިލްގެ ޗެއާމަނެވެ.

ސައުދީ އަށް ކުރައްވާ މި ދަތުރުފުޅަކީ ސޫދާނުގެ ސިޔާސީ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އަބޫދާބީގެ ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދުއާ ބައްދަލު ކުރެއްވިތާ ދުވަސްތަކެއް ފަހުން ކުރެއްވި ދަތުރުފުޅެކެވެ.

އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އަސްކަރީ ބަޣާވާތެއް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވީ ބުރުހާން އެވެ. މިކަމުގެ ސަބަބުން އެތައް މަހެއް ވަންދެން ނުރައްކާތެރި މުޒާހަރާތައް ކޮށްފައިވާއިރު، ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ފެބްރުއަރީ މަހު ބުރުހާން ވިދާޅުވީ، 2023 ވަނަ އަހަރުގެ މެދުތެރޭގައި އިންތިޚާބު ބޭއްވުމަށް އަސްކަރިއްޔާއިން ވަޢުދުވެފައިވާ ކަން ތަކުރާރުކުރައްވަމުން، “ޤައުމީ އިއްތިހާދަކުން” ނިންމާ އިންތިޒާމެއްގެ ދަށުން، އިންތިޚާބީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމަށް ނުވަތަ “ޤައުމީ އިއްތިހާދަކުން” ކަނޑައަޅާ އިންތިޒާމެއް ގެނެވުމަށް އަސްކަރިއްޔާއިން އަހައްމިއްޔަތުކަން ދޭކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އެމެރިކާއިން ސޫދާންގެ ސެންޓްރަލް ރިޒާވް ފުލުހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ އަސްކަރީ ބަޣާވާތާ ދެކޮޅަށް އިހުތިޖާޖުކުރި ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ގިނަ އަދަދަކަށް ބާރުގެ ބޭނުންކޮށް، ލައިވް ވަޒަން ބޭނުންކުރި ކަމަށް ބުނެ އެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިޢްލާން ކުރި ގޮތުގައި، “ސޫދާނާއި އިތިއޯޕިއާ ހިމެނޭގޮތަށް ސަރަޙައްދީ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް، ހޮން އޮފް އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ޑޭވިޑް ސެޓަރފީލްޑް އިތިއޯޕިއާއަށް ވަޑައިގެން” މަޝްވަރާ ކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close