ހަތިޔާރުއެޅި ބޭރު ސިފައިން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ނުތިބޭނެ: ޑިފެންސް
ހަތިޔާރާއެކު ޙަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ހަރަކާތްތެރިނުވާކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓްރީން މިފަދައިން ވިދާޅުވީ އދ. މަހިބަދޫގައި ރޭ “އިންޑިއާ އައުޓް” ނަމުގައި ކުރިއަށްގެންދިޔަ ޙަރަކާތުގައި އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭގޮތަށް ޙަޤީޤަތާ ޚިލާފު ގިނަ ވާހަކަތަކެއް ދައްކާފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.
ޑިފެންސް މިނިސްޓްރީން ވިދާޅުވީ އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭނުންތަކަށް ޢަމާޒުކޮށް، ޤައުމީ ދިފާޢީ ބާރުން ބޭނުންވާގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަމަށެވެ. އަދި އެ ބަނދަރަކީ ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ތަރައްޤީކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށާއި، އެ ތަނަކީ ބޭރު ޤައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއްކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.
ޑިފެންސްގެ ބަޔާނުގައި އެހެން ޤައުމުތަކުގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ ކުރިން ހޯދަންޖެހޭ
ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމިއޮންނާނެ ސިޔާދަތީ ޙައްޤެއްކަމުގައި ޑިފެންސް ވިދާޅުވެއެވެ. އަދި ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައުމުގައި ނުވަތަ އެ ބަނދަރަށް ވަންނަން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ދައްކާފައިވާ ދޮގު ވާހަތަކެއްކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރަށް ހަތިޔާރާއެކު ޙަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނެތްކަމުގައި އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި، އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައިވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ޙަރަކާތްތެރި ނުވާނޭކަމުގެ ޔަޤީންގަން ޑިފެންސް މިނިސްްޓްރީން ދެއްވައެވެ.
މި ބަޔާނުގައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހިރާއްޖޭގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ގެއްލުވާލާ، ދިވެހި
އަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ޙަޤީޤަތާ ޚިލާފް ދޮގު މަޢުލޫމާތު ނުފެތުރުމަށް އެ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ދިފާޢުކޮށް ނެގެހެއްޓުމުގައި ދިވެހި އަސްކަރިއްޔާ ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އެ މިނިސްޓްރީން ކަށަވަރުކޮށްދެއެވެ.


ކާކު ތިވާހަކަޔަށް އިތުބާރުކުރާނީ. ހުރިހާ އެއްބަސްވުމެއް އޮތީ ސިއްރުކޮށްފަ. ސިއްރުކަންތައްކުރަން އާދަވެފައިތިބޭ މީހުން ނުކުމެ ދައްކާ ވާހަކައަކަށް އިތުބާރެއް ނުކުރެވޭނެ. ހަތިޔާރު އެޅިޔަސް، ނޭޅިޔަސް ވަރިހަމަ. ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން މިރާއްޖޭގައި ތިބޭކަށް ނުޖެހޭ. ތިބިއްޔާ އަވަހަށް ފޮނުވާލަންވީ.
Mihaaru thibaimeehun dhakkaa vaahaka gabUlu kuraane meehaku ulheynebaa, mulheen ves miveehaa thaaku huree dhogu hadhaafa, evves meehaku nubuney hathiyaaraa eku Indiaa meehun ulhey vaahakaeh mi bunanee Indiaa sifain ulhenee miraajjeah hathiyaaru ethere koggen ney emeehun hathiyaaru gengulhenee kulhey echcheh gengulheyhen abadhaa abadhu gaiga harukoggen kulhey kah nooney.