ޚަބަރު ފަނޑިޔާރުންނަށް 6 މަހުގެ މެޓަރނިޓީ ލީވް ދޭން ފާސްކޮށްފި

ފަނޑިޔާރުންނަށް 6 މަހުގެ މެޓަރނިޓީ ލީވް ދޭން ފާސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އަންހެން ފަނޑިޔާރުން ވިހެއުމުން ދެމުންގެންދާ ޗުއްޓީ ހަ މަސް ދުވަހަށް އިތުރު ކުރުމަށް ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ އިއްތިފާގުންނެވެ. މިބިލް ފާސްވުމުން އަންހެން ފަނޑިޔާރުންނަށް ވިހެއުމަށްފަހު 6 މަސް ދުވަހުގެ ޗުއްޓީއެއް ލިބިގެންދާނެއެވެ.

އަދި ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބިގެންދާނެއެވެ. މެޓާނިޓީ ލީވް ހަމަޖެހިގެންދާއިރު، އެފަނޑިޔާރަކަށް ކަނޑައެޅިފައިވާ މުސާރަވެސް މިމުއްދަތުގައި ލިބިގެންދާނެއެވެ.

ވިހެއުމުން ލިބޭ ޗުއްޓީގެ މުއްދަތުގެ ހަމަހަށް އިތުރުކުރުމަކީ ރައީސް ޞާލިޙްގެ ސިޔާސަތުތަކުގެ ތެރޭހައި ހިމެނޭ އެއްސިޔާސަތެވެ. އަންހެން މުވައްޒަފުން ވިހެއުމުން މުސާރައާއެކު ހަމަހުގެ ޗުއްޓީދޭނެކަން ރައީސް ޞާލިޙް އިއުލާން ކުރެއްވީ 2019 ވަނަ އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައެވެ.

ރައީސް އެގޮތަށް ނިންމެވުމާ ގުޅިގެން ސިވިލްސަރވިސް މުވައްޒަފުންގެ އިތުރުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގައިވެސް މިހާރު ވަނީ އެ ސިޔާސަތާ އެއްގޮތަށް އަމަލުކުރަންފަށާފައެވެ.

ޓެގް

މެޓަރނިޓީލީވް ފަނޑިޔާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.