ނަރަވެލި

ޖެފް ބެޒޯސް އާއި ބިލް ގޭޓްސްގެ މިލްކިޔާތު އެއްކޮލުމުންވެސް ޕޫޓިންގެ މުއްސަނދިކަމާއި ނުބައްދަލު!

ރަޝިއާ-ޔޫކްރެއިން ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެ، ހާލަތު ބަދަލުވަމުން އަންނައިރު، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ މުއްސަނދިކަމާ މެދު ހީވާ ހީވުންތައް ދަނީ ގިނަވެ، ގިނަ ބަޔަކު ހައިރާންކުރަމުންނެވެ. ބައެއް މީހުން ލަފާކުރާ ގޮތުގައި ޖެފް ބެޒޯސް އާއި ބިލް ގޭޓްސްގެ މިލްކިއްޔާތު އެއްކޮށްލުމުންވެސް ޕޫޓިންގެ މުއްސަނދިކަމާއި ނުބައްދަލުވާނެ އެވެ.

މިއަހަރުގެ ކުރީކޮޅު، ޖަލުގައި ބަންދުކޮށްފައި ހުރި ރަޝިޔާގެ އެކްޓިވިސްޓް އެލެކްސީ ނަވަލްނީގެ އެކުވެރިންލީކުކޮށްލި ފޮޓޯތަކުން، ހާމަވެފައިވާ ގޮތުގައި ރަޝިޔާގެ ރައީސަކީ މީހުން ހީކުރާވަރަށް ވުރެ އެތައްހާސް ގުނަ މަތީގައި ހުންނެވި ބޮޑު މަހުޖަނެކެވެ.

އަންދާޒާތަކުން ދައްކާ ގޮތުގައި ހަމައެކަނި ޕޫޓިންގެ ބްލެކްސީ ގަނޑުވަރުގެ އަގުވެސް 1.3 ބިލިއަން ޑޮލަރަށް ނުވަތަ އެއަށް ވުރެ ބޮޑު އަދަދަކަށް އަރަ އެވެ.

ރަޝިއާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެންޓި ކޮރަޕްޝަން ފައުންޑޭޝަނުން ބުނީ ގަނޑުވަރަށް ފައިސާ ދީފައިވަނީ ކޮރަޕްޝަނުގެ ސްކީމެއްގެ ތެރެއިންނެވެ. އަދި އެއީ މަޤާމްގެ ނާޖާއިޒު ބާރުގެ ބޭނުންކޮށްގެން ހޯދާފައިވާ ފައިސާއެވެ. ނަމަވެސް ކްރެމްލިންއިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ޕުޓިންގެ މުއްސަނދިކަމަކީ ހައްލުކުރަން އުނދަގޫ ޕަޒްލްއެކެވެ. އޭނާގެ މިލްކިއްޔާތުގައި ހުރި މުދަލަކީ ކޮބައިކަން އެއްވެސް އިންސާނަކަށް އެނގިފައިވާކަމަށް ޤަބޫލެއް ނުކުރެވެއެވެ. ޕޫޓިންގެ މިލްކިއްޔާތާއި ބެހޭގޮތުން މީގެ ކުރިން ވެސް އޭނާ ވަނީ ބަޔާންތަކެއް ދެއްވާފައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެއީ ހަމައެކަނި ހުސް ވާހަކަތަކެއް ކަމަށާއި ޕުޓިން އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނިދާނެ ބޭފުޅެއް ކަމަށެވެ. ނަމަވެސް ޕުޓިންއާއި ކްރެމްލިންއިން ވަނީ މިފަދަ ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.

ނަވަލްނީ ތުހުމަތު ކުރެއްވި ގޮތުގައި ރަޝިއާގެ ދެކުނުގައި ލަގްޒަރީ ގަނޑުވަރަކާއި އެސްޓޭޓްއެއް ޕޫޓިން އަމިއްލަފުޅަށް ބިނާކުރެއްވިއެވެ.  ނަވަލްނީގެ އެކުވެރިން ވަނީ ޕޫޓިންގެ ސިއްރު ގަނޑުވަރެއް ކަމަށް ބުނާ އެތައް ސަތޭކަ ފޮޓޯއެއް ލީކްކޮށްލާފައެވެ.

އޭގެ ތެރޭގައި އުސް ސީލިންގުތަކާއި ކެސީނޯއަކާއި ތިއޭޓަރެއްގެ އިތުރުން ޕޯލް ޑާންސިންއަށް ހާއްސަ ކޮޓަރިއެއް ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނަމަވެސް ކްރެމްލިންއިން ވަނީ އެ ވާހަކަތައްވެސް ދޮގުކޮށްފައެވެ. 

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close