ޚަބަރު

އިމްތިހާންތަކަކަށް ސުވާލުކަރުދާސް ތައްޔާރު ކުރުމުގެ އޮންލައިން ވޯކްޝޮޕެއް ބާއްވައިފި

ސާނަވީ އިމްތިހާންތަކަކަށް ސުވާލުކަރުދާސް ތައްޔާރު ކުރުމުގެ އޮންލައިން ވޯކްޝޮޕެއް އިސްލާމް މުދައްރިސުންނަށް އަމާޒުކޮށްގެން ބާއްވައިފިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް ގުޅިގެން ކުރިއަށް ގެންދިޔަ މިވޯކްޝޮޕް އަމާޒުކޮށްފައިވަނީ ކީ ސްޓޭޖް 4-5 ގެ އިސްލާމް މުދައްރިސުންނަށެވެ.
ސާނަވީ، މަތީ ސާނަވީ ސުވާލުކަރުދާސް ތައްޔާރުކުރުމާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް އޮންލައިންކޮށް ކުރިއަށްގެންގޮސްފައިވާއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކިޔަވައިދެއްވާ ގިނަޢަދަދެއްގެ މުދައްރިސުން ވަނީ ބައިވެ މި ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.
މިހިނގާ ފެބްރުއަރީ މަހުގެ 16 އިން 17 އަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެސް.އެސްސީ ސުވާލު ކަރުދާހާއި، އެޗް.އެސް.ސީ ސުވާލު ކަރުދާސް އެކުލަވާލާނެގޮތުގެ ތަމްރީނު ދިވެހި ރާއްޖޭގެ 355 މުދައްރިސަކަށް ދެވިފައިވެއެވެ.

ހަތަރު ސެޝަނަކަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފެސިލިޓޭޓްކޮށް މުދައްރިސުންނަށް ތަމްރީނު ދެއްވީ އެން.އައި.އީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ ކޯޑިނޭޓަރ ނިއުމާ މުހައްމަދާއި، ސެންޓަރ ފޯ ހަޔަރ ސެކްނަޑަރީ އެޑިއުކޭޝަން ގެ އެޗް.އޯ.ޑީ އިބްރާހިމް ޒުހެއިރެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close