ޚަބަރު އަޑުބަރޭ އެއް އަހަރަށް ޖަލަށް ލައިދޭން އެދުނިން، އަދިވެސް އެދޭނަން – ޕީޖީ

އަޑުބަރޭ އެއް އަހަރަށް ޖަލަށް ލައިދޭން އެދުނިން، އަދިވެސް އެދޭނަން – ޕީޖީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު އެޅިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަަށް ފުރުވާލުމުގައި ޖާމިނުވި އެއްބަސްވުމާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހިލާފުވި މައްސަލައިގައި އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭން އެދިފައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

އަސްހަދު އަލީ (އަޑުބަރޭ) ކޯޓަށް ހާޒިރުނުވެގެން އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ޣައިރު ހާޒިރުގަ އެވެ. މި ހުކުމުގެ ކުރިން ރާއްޖެ އިން ބޭރަށް ދިޔަ އަޑުބަރޭ އެނބުރި ރާއްޖެ އައިސް އަމިއްލައަށް ރޭ ވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ.

ކޯޓަށް ހާޒިރުނުވެގެން ހުކުމެއް އައިއިރު ޖާމިނު އެއްބަސްވުމާ ހިލާފުވި މައްސަލަ ވެސް އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަ އަދި މީޑިއާ އޮފިޝަލްް އަހްމަދު ޝަފީއު އާއި ހަވާލާދީ މިހާރު ނޫހުގައިވަނީ ޖާމިނު އެއްބަސްވުމާ ހިލާފުވި މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ލިއުމުން ދެ ފަހަރަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އަދި ޝަރީއަތުގައި އަނގަބަހުން ވެސް އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ގޮތެއް ނިންމާފައި ނުވާތީ ދެން އޮންނަ ޝަރީއަތެއްގައި ވެސް އެކަން ޕީޖީ އޮފީހުން އެކަން ހުށަހަޅާނެ އެވެ.

ޓެގް

އަޑުބަރޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.