ޚަބަރު ފުލުސްމީހާގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގާ ތިން މީހަކު ހައްޔަރު ކޮށްފި

ފުލުސްމީހާގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގާ ތިން މީހަކު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޒާރު ދިނުމަށްފަހު، ނ. މިލަދޫޫގައި ރޭގެ ވަގުތެއްގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ހައްޔަރުކުރީ 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި އަދި 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން މިލަދޫ ޕޮލިސް ޑެސްކުގެ އިންޗާޖް އަރީޝް އިންޒާރުދީ އަދި ރޭ ދަންވަރު، އޭނާ ދިރިއުޅޭ ގޭގައި ސައިކަލު ބަހައްޓާފައި ހުއްޓާ ސައިކަލް ވަނީ ރޯކޮށް އަންދާލާފައެވެ.

އެ ސައިކަލުގައި ރޯކޮށްލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯތަކުން ފެންނަގޮތުގައި ސައިކަލު ރޯކޮށްލުމުގައި ދެމީހަކު ހަރަކާތްތެރިވެއެވެ. އެކަކު ވަދެ ސައިކަލު މައްޗަށް ޕެޓްރޯލު ހަމެއް/ފުޅިއެއް އޮއްސާލާފައި ދިއުމުން އަނެކަކު ރޯކޮށްލަނީއެވެ.

ޓެގް

އަލިފާންރޯވުން ޕޮލިސް އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.