ބޭރުދުނިޔެ އީރާނަށް ޙަމަލާދީފައި ފިލޭނެ ދުވަސް މާޟީވެއްޖެ: އައިއާރުޖީސީ

އީރާނަށް ޙަމަލާދީފައި ފިލޭނެ ދުވަސް މާޟީވެއްޖެ: އައިއާރުޖީސީ

އީރާނަށް ޙަމަލާދީފައި ފިލޭނެ ދުވަސް މާޟީވެއްޖެ: އައިއާރުޖީސީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އީރާނަށް ހަމަލާދިނުމަށްފަހު ފިލައިގެން ދެވޭނެ ނުވަތަ "ހިޓް އެންޑް ރަން" ގެ އުސޫލުން އަމަލުކުރެވޭނެ ދުވަސް މާޟީވެ ގޮސްފައިވާ ކަމަށާއި، މިހާރު އެޤައުމުގެ މަޤްޞަދުތައް ހާސިލުކުރުމަށް ބޭނުންވާ ވަރަށް މިސައިލް ފޮނުވުމުގެ ޤާބިލުކަން އިތުރުކޮށްފައިވާ ކަމަށް އިސްލާމިކް ރެވެލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އެއަރޯސްޕޭސް ފޯސްގެ އެޑްވައިޒަރު ބްރިގޭޑިއަރ ޖެނެރަލް ޢަލީ ބަލާލީ ވިދާޅުވެއްޖެއެވެ.

ބަލާލީ ފާހަގަކުރެއްވި ގޮތުގައި 1980 އިން 1988 އަށް އިރާޤާއެކު ކުރެވުނު ހަނގުރާމައިގެ ދުވަސްވަރު އީރާނުގެ މިސައިލް ޤާބިލުކަމަށް ބޮޑެތި ހުރަސްތަކެއް ހުއްޓެވެ. އެގޮތުން އަށް އަހަރު ދުވަހުގެ އެ ހަނގުރާމައިގެ މުއްދަތުގައި އީރާނުން ފޮނުވާލެވުނީ ޖުމްލަ 88 މިސައިލް ކަމަށާއި، ހަނގުރާމަ ނިމެންދެން އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށްޓަކައި އެދުވަސްވަރު މިސައިލްތައް ބޭނުންކުރަން ޖެހުނީ ވަރަށް އިޤްތިޞާދުކޮށްގެން ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

ނަމަވެސް، މިއަދު އީރާނުގެ އާމްޑް ފޯސަސްއިން ކޮންމެ އޮޕަރޭޝަނެއްގައިވެސް ބާރާއި ޢަޒުމާއެކު ބޭނުންވި ވަރަކަށް މިސައިލް ހަމަލާދެމުންދާ ކަމަށް ބަލާލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ބޭނުމަކީ ދުޝްމަނުން އިޞްލާޙުކޮށް، "ހިޓް އެންޑް ރަން" ގެ އުޞޫލުން ހަމަލާދީފައި ފިލާ ދުވަސް ނިމިއްޖެކަން އެމީހުންނަށް އަންގައިދިނުމެވެ.

އަދި މިހާރު އީރާނުގެ މިސައިލް އުފެއްދުމުގެ ޤާބިލުކަން ހުރިގޮތުން، ކުރިމަތިލުމެއް އަހަރުތަކަކަށް ދެމިގެން ދިޔަކަމުގައި ވީނަމަވެސް، ފަހުގެ ހަނގުރާމަތަކުގައި ފެނުނުފަދަ ބާރުމިނެއްގައި މިސައިލް ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

އީރާނުން މިފަދަ ބަޔާނެއް ނެރެފައިވަނީ އިސްރާއީލާއި އެމެރިކާއާއެކު މަޝްރަޙު ވަރަށް ބޮޑަށް ގޯސްވެ، ސަރަޙައްދީ ސުލްހައަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް ޣައްޒާއާއި ލުބުނާނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އީރާނުން ވަނީ އިސްރާއީލުގެ އަސްކަރީ ސައިޓްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ.

ޓެގް

އީރާން އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.