ޚަބަރު ރަސްމީ ނަތީޖާ އިއުލާނު ކުރުން މިމަހު 10ގައި، ނަތީޖާ ބަދަލުވެދާނެ ފަދަ ޝަކުވާއެއް ނެތް : އެލެކްޝަންސް

ރަސްމީ ނަތީޖާ އިއުލާނު ކުރުން މިމަހު 10ގައި، ނަތީޖާ ބަދަލުވެދާނެ ފަދަ ޝަކުވާއެއް ނެތް : އެލެކްޝަންސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ ފެބުރިއަރީ މަހުގެ 10 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ، 10 ވަނަ ދުވަހު ރަސްމީ ނަތީޖާ އިއުލާނު ކުރާނެ ވަގުތެއް އަދި ކަނޑަނާޅާކަމަށެވެ. އެހެެން ނަމަވެސް ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް އަދި ނިންމާފައި އޮތީ އިންތިޚާބާއި ބެހޭ މައިމަރުކަޒު ބައުޖަމާލުއްދީންގައި ކަމަށް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނާނެ ވަރުގެ އެއްވެސް ޝަކުވާއެއް ހުށައެޅިފައި ނުވާކަމަށެވެ. އަދި އިންތިޚާބާއި ބެހޭ ގޮތުން މިހާތަނަށް ހުށައެޅިފައި ވަނީ ޖުމުލަ 10 ޝަކުވާއެއް ކަމަށާއި އޭގެ ތެރެއިން 3 ޝަކުވާއަކަށް ޖަވާބުދީ ނިންމިފައިވާ ކަމުގައިވެސް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، ކޮމްޕްލެއިންސް ބިއުރޯއިން ޝަކުވާ ތަކަށް ޖަވާބުދީ ރިޕޯޓްތައް ނިންމުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

ރައްޔިތުންގެ މަޖިލީޙުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކޮށްފައި ޖުމުލަ 1401 ވޯޓު ހޯދައިގެންނެވެ.

ޓެގް

ކޮމަންޑޫދާއިރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.