ޚަބަރު

އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދު ބައި އިލެކްޝަން ކާމިޔާބު ކޮށްފި


ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން، އެދާއިރާއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ކާމިޔާބު ކުރައްވައިފިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ކެނޑިޑޭޓް ބަލިކޮށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބުކޮށްފައިވާއިރު މި އިންތިޚާބުގައި ކާނަލް ނާޒިމްގެ “މޯލްޑިވްސް ނޭޝަނަލް ޕާޓީ”އިންވެސް ބޭފުޅަކު ވާދަކުރެއްވިއެވެ.

ގޮނޑި ކާމިޔާބު ކުރެވުމާއެކު، ކޮމަންޑޫ ދާއިރާގައި ރާޝިދުގެ ސަޕޯޓަރުން ދަނީ އުފާ ފާޅު ކުރަމުންނެވެ.

އިންތިޚާބުގެ ޖުމްލަ ވަގުތީ ނަތީޖާ:

  • އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު ރާޝިދު 1399 ވޯޓް
  • ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް 1165 ވޯޓް
  • އެމްއެންޕީ ކެންޑިޑޭޓް އަބުދުލްހަންނާން އިދުރީސް 39 ވޯޓް
  • ބާތިލް 39 ވޯޓް

ގޮނޑި ކާމިޔާބު ކުރެއްވި ރާޝިދު އެންމެ ފަހުން ހުންނެވީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަކަށެވެ. ފޯކައިދު އަށް އުފަން ރާޝިދަކީ މިދިޔަ ތިން ދައުރުގައި އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

މި އިންތިޚާބު އެމްޑީޕީއިން ކާމިޔާބު ކުރުމަކީ ސަރުކާރަށް ރައްޔިތުން އޮތް ތާއީދު ވަރަށް ބޮޑަށް ސާފުވެގެންދާ ކަމެއްކަމުގައި އެމްޑީޕީގެ އިސް އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.

އަދި ހަމަ އެހެންމެ އިދިކޮޅު ޕީޕީއެމުން ތުހުމަތު ކުރާގޮތުގައި މިއިންތިޚާބުގައި ޤަވާއިދު ތަކާއި، ޤާނޫނާ ޚިލާފު އެއްެތައް ކަމެއް އެމްޑީޕީގެ ފަރާތުން ކުރަމުން ގެންދިއަވެ. އެގޮތުން ފައިސާ ބެހުމާއި، މަނާގަޑިތަކުގައި ކެމްޕެއިން ކުރި ކަމަށްވެސް އެމީހުން ތުހުމަތުކުރެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close