ޚަބަރު ވޯޓު އޮޅުވާލުމުގެ ރޭވުން ތަކެއް ހިންގާ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފި

ވޯޓު އޮޅުވާލުމުގެ ރޭވުން ތަކެއް ހިންގާ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވޯޓު އޮޅުވާލުމުގެ ރޭވުން ތަކެއް ހިންގާ ކަމަށް އިދިކޮޅުން ތުހުމަތު ކޮށް, އީސީގެ އޮފިޝަލުންނާ އެމްޑީޕީން ބައްދަލުކުރި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް އިން ނުރުހުން ފާޅުކޮށްފި އެވެ.

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ އިންތިޚާބަށް ށ.ފޯކައިދޫއަށް ގޮސްތިބި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނާ އެމްޑީޕީގެ އިސްވެރިންތަކެއް ބައްދަލުކުރިކަމަށް ވެސް އިދިކޮޅު ޕީޕީއެމް އިން ބުނެއެވެ.

ވޯޓު އޮޅުވާލަން އުޅޭ ކަމަށްބުނެ އިލެކްޝަންސްގެ އޮފިޝަލުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ބައްދަލުކުރި ކުރާ ކަމުގެ މައުލޫމާތު ލިބިގެން ޕީޕީއެމްގެ ޓީމުން ވަނީ އެގެސްޓްހައުސް އަށް ވަދެފައެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވިދާޅުވީ، އިލެކްޝަންސްގެ އޮފިޝަލުން ތިބި ގެސްޓު ހައުސްއަކީ އެމްޑީޕީ ޖަގަހައެއްގެ ގޮތުގައި ބޭނުންކުރާ ތަނަކަށްވާއިރު އީސީގެ އޮފިޝަލުން ބައިތިއްބާފައި ތިބީ އެތަނުގައި ކަމަށެވެ.

އަދި ރޭ ކޮމަންޑޫގައި ރޮޒޭނާ ނާޝިޒް އަދި ޖޭޕީގެ ސަމީރު ހިމެނޭހެން ގޭގެއަށް ވަދެ ކެމްޕޭނު ކުރަމުންދާތީ އެކަމާއި ދެކޮޅަށް ރަށުގެ ރައްޔިތުން ނުރުހުން ފާޅުކޮށްފައިވާ ކަމަށާއި ކައުންސިލް އިދާރާ ތެރެއަށް ވަދެ ކެޕޭނު ކުރަމުންދާތީ އެސަރަޙައްދަށް ގިނަ ބަޔަކު އެއްވެ ނުރުހުން ފާޅުކުރުމުން ފުލުހުން އެތަނަށް އައިސްފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮމަންޑު ފެނަކައިގެ މަސައްކަތްކުރާ މުވައްޒަފުންނަށް ވަކި ވަކިން ފެނަކައިގެ ބޭފުޅަކު ކުރިމައްޗަށް ހާޒިރުކޮށް ރާޝިދަށް ވޯޓު ދިނުމަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ. ހީނާ ވަނީ މިކަން ފެނަކައިގެ ގިނަ މުވައްޒަފުން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ޓެގް

ކޮމަންޑޫދާއިރާ ޕީޕީއެމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.