ޚަބަރު

އީސީގެ އޮފިޝަލުން ވޯޓު ފޮށިތައް ކައިރީގައި ތިބުމަށް އެދުނިން: ޑރ. މުއިއްޒު

އީސީގެ އޮފިޝަލުން ވޯޓު ފޮށިތައް ކައިރީގައި ތިއްބެވުމަށް އެދިވަޑައިގެންނެވި ކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު ވިދާޅުވިީ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ފަރާތުން ހުރި ބައެއް ކަންބޮޑުވުންތަކާާއި ހުށަހެޅުންތައް، އެ ޕާޓީ އިން އިލެކްޝަން ކޮމިޝަން (އީސީ) އާއި ހިއްސާކުރެއްވިއިރު އެގޮތަށް އެދިވަޑައިގަތީ ކަމުގައެވެ.

އީސީގެ މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައި، ހިއްސާ ކުރެއްވި ކަންތައްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއަދު އީސީގެ މެމްބަރުންނާ ބައްދަލުކުރީ އެ އިންތިހާބާ ގުޅޭގޮތުން ޕީޕީއެމްއިން ފާހަގަ ކުރާ ކަންތައްތަކަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

އެގޮތުން އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވޭ މި އިންތިހާބަކީ ހާމަކަން ބޮޑު، ދެ ފުށް ފެންނަ އިންސާފުވެރި އިންތިހާބަކަށް ވެގެން ދާން ޕީޕީއެމް އިން ބޭނުންވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ބޭނުންވޭ މި އިންތިހާބުގައި ފޮށިތައް ކައިރީގައި (އޮފިޝަލުންގެ ގޮތުގައި) ތިބޭ މީހުންނަކީ މިނިވަން ބަޔަކަށް ވާން. މިދެންނެވީ، އެއްވެސް ޕާޓީއެއްގައި އުޅޭ މީހަކަށް ނުވުން. އެހެންވެ އީސީގެ އޮފިޝަލުން ވޯޓު ފޮށިތައް ކައިރީގައި ތިބުމަށް އެދުނިން.” ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ އީސީއާ އެކު ބޭއްވުނު އެ މަޝްވަރާ ބައްދަލުވުން ދިޔައީ ހިތްހަމަ ޖެހޭ ގޮތަކަށް ކަމަށާއި، އެދިލެއްވި ކަންތަކަަށް އެއްބަސްވެސް ވި ކަމަށެވެ. ނަމަވެސް އީސީގެ އޮފިޝަލުންނަަށް ދަތުރު ކުރުމުގައި ދަތިތަކަކާ ކުރިމަތިވެދާނެކަން ފާހަގަ ކުރުމުން ވެސް އެކަމަށް ވަރަށް ބާރު އަޅައި ދެއްވާ، އީސީގެ އޮފިޝަލުން ވޯޓު ފޮށިތައް ކައިރީގައި ހުރެދިނުމަށް އެދިލެއްވިކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close