ބޭރުދުނިޔެ މެކްސިކޯގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި

މެކްސިކޯގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެކްސިކޯގައި އެޤައުމުގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފާވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މެކްސިކޯގައި ރިޕޯޓަރަކު މަރާލައިފައިވާއިރު އޭނާގެ ފުރާނައަށް ނުރައްކާވަމުން އަންނަކަމަށް ޚުދު އެޤައުމުގެ ރައީސަށް އެ ނޫސްވެރިޔާ ދަންނަވާފައިވާކަން މިހާރުވަނީ އެނގިފައެވެ.

ބަޖާ ކެލިފޯނިއާ ސްޓޭޓުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެތައް ޒަމާނެއްގެ ތަޖުރިބާހުރި ލޯކަލް ނޫސްވެރިއެއް ކަމަށްވާ ލޮރްޑެސް މަލްޑޯނާޑޯ، އޭނާގެ ކާރުގައި ބަޑިޖަހައި މަރާލާފައިވަނީ ކެލިފޯނިއާގެ ސެން ޑިއޭގޯގެ ދެކުނުން އޮންނަ ހަލަބޮލި ބޯޑަރު ސިޓީއެއް ކަމަށްވާ ޓިޔުއާނާގެ ސަންޓާ ފޭ އަވަށުގައި ކަމަށެވެ.

ނޫސްވެރިޔާ މަރާލުމާ ބެހޭ ގޮތުން ނިއުސް ކޮންފަރެންސެއްގައި ސުވާލު ކުރުމުން ރައީސް އަންދްރޭސް މެނުއެލް ލޮޕޭޒް އޮބްރަދޯ ވަނީ ފުރިހަމަ ތަހުގީގެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

“ކަން ހިނގާދިޔަ ގޮތް ވަރަށް ހިތާމަވެރި،” ލޮޕޭޒް އޮބްރަދޯ އިތުރަށް ވިދާޅުވީ، އަދިވެސް ތަހުގީގު ކުރާ ފަރާތްތަކުން މޯޓިވޭޝަނެއް ދެނެގަނެ، ލޭބަރ ޑިސްޕިއުޓް މަލްޑޯނާޑޯއާ ގުޅުން ހުރި އެއްވެސް ގުޅުމެއް އޮތްތޯ ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ.

މި މައްސަލައިގެ މައުލޫމާތު އެނގޭ މަސްދަރަކުން ބުނީ ނޫސްވެރިންނަށް ދައުލަތުން ދޭ ހިމާޔަތާބެހޭ ޕްރޮގްރާމްގައި މަލްޑޯނާޑޯ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

ޓެގް

މެކްސިކޯ ނޫސްވެރިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.