ޚަބަރު ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމް.ޑީ.ޕީ އަށް ވޯޓު ނުދޭން ޝައިޚް ޒައިދު ގޮވާލައްވައިފި

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމް.ޑީ.ޕީ އަށް ވޯޓު ނުދޭން ޝައިޚް ޒައިދު ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމް.ޑީ.ޕީ އަށް ވޯޓު ނުދޭން އަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިޔާ ޝައިޚް ޒައިދު ގޮވާލައްވައިފިއެވެ.

ޝައިޚް ޒައިދު މިފަދައިން ގޮވާލެއްވީ މިއަދު އެބޭފުޅާ ކުރެއްވި ޓްވިޓެއްގައެވެ.

މިއަދު ކުރެއްވި ޓްވީޓުގައި ޝައިޚް ޒައިދު ވިދާޅުވީ މޫނު ބުރުގާ މައްސަލަފަދަ ދީނާ ގުޅުން ހުރި އެކިއެކި މައްސަލަތަކުގައި އެޑިއުކޭޝަނުން ގެންގުޅޭ ދެކޮޅު ނުޖެހޭ ތަފާތު ކުރުންތައް ހައްދުފަހަނަ އަޅައިގެންގޮސް އެމް.ޑީ.އެން ރިޕޯޓު ތަންފީޒުކުރުރާތީވެ، ކޮމަންޑޫ ދާއިރާ އެމް.ޑީ.ޕީ އަށް ނުދޭން އެދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

ޝައިޚް ޒައިދު އަކީ އަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރިޔަކަށްވެފައި އަދާލަތު ޕާޓީއަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށްވެފައިވީ ނަމަވެސް ޝައިޚް ޒައިދުވަނީ މިއަދު މިފަދައިން ޓްވިޓް ކުރައްވާފައެވެ.

އަދި ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އަދާލަތުން ތާޢީދުކުރާނެ ކެންޑިޑޭޓެއް މިއަދު ހާމަކުރާނެކަމަށްވެސް ރިޕޯރޓުތައް ބުނެއެވެ.

ޓެގް

ޝައިޚް ޒައިދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.