ޚަބަރު

ހަސަން ލަތީފްގެ ހިސާބުތަކުން ބުނަނީ ގޮނޑި ނަގާނީ އެމްޑީޕިން ކަމަށް

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ގެ ހިސާބު ކުރުން ތަކުން ދައްކާގޮތުގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރާނީ އެމްޑީޕީ ން ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރޭ ށ. ކޮމަންޑޫގައި އޮތް ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ، ކެންޕެއިން ފެށި ދުވަހުން ފެށިގެން އެ ބޭފުޅުން ގެންދަވަނީ ހިސާބު ޖައްސަވަމުން ކަމަށާއި މިފަހަރުގެ އިންތިޚާބު ނަގާނީ އެމްޑިޕީން ކަމަސެވެ.

“އަޅުގަނޑުމެން މި އަންނަނީ ފުރަތަމަ ދުވަހުން ފެށިގެންވެސް، މި ކެންޕެއިން ލޯންޗް ކުރި ދުވަހުން ފެށިގެންވެސް، މި ތިން ރަށުގެ ކޮންމެ ރަށެއްގައި ހަރަކާތްތައް ހިނގަމުންދާގޮތް ބަލަމުން، އަދި ހިސާބުވެސް ޖަހަމުން. އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުގެ ހިސާބު ޖަހަމުން، އެ ނަތީޖާތައް ބަލަމުން މި އަންނަނީ. އިރާދަ ކުރެއްވިއްޔާ، މިހާހިސާބަށް އަޅުގަނޑުމެން ޖެހި ހިސާބުތަކުން ފެންނަ ގޮތުގައި، މި ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ.” ހަސަން ލަތީފް ވިދާޅުވީ، ޕީޕީއެމްގެ މެންބަރުން މިއަދު ތިބީ މާޔޫސްވެފައި ކަމަށާއި އެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. އަދި އެ މައްސަލަ އަކީ ރައީސް ޔާމީން ކަމަށާއި، އެ ކަމުން އެ ބޭފުޅުންނަށް އަރައިގަނެވެކަށް ނެތްކަމަށް ވިދާޅުވިއެވެ.

ހަސަން ވަނީ، ރައީސް ޔާމީން ރޭ ނޫން ކުރީރޭ ށ. ފޯކައިދޫގައި ދެއްކެވި ވާހަކަފުޅާ ގުޅުވައިގެން ވާހަކަފުޅު ދައްކަވާފައެވެ.

ރޭ ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅުގައި މި ވަގުތު އޮތް ޕީޕީއެމްއަށް ދެން ވެސް ސަރުކާރު ލިބިއްޖެ ނަމަ، 2018 ވަނަ އަހަރު ވައުދުވީ ފަދައިން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވެހިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.

މި ވާހަކަފުޅަށް ރައްދު ދެއްވަމުން ހަސަން ވިދާޅުވީ، ރަށްތަކުގެ މީހުން މާލެއަށް ގެންދަން ޕީޕިއެމް އިން މަސައްކަތް ކުރަނީ ރަށްތައް ފަޅުކޮށް، ފަޅުކުރި ރަށްތައް ވިއްކަން ކަމަށެވެ. އަދި ރައީސް ޔާމީނަކީ އަބަދުވެސް ފަޅުރަށް ވިއްކައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ބޭފުޅެއް ކަަމަށް ވިދާޅުވަމުން، ހަސަން ވިދާޅުވީ، ރައީސް ޔާމީންގެ އެއްފަސް ކުރުމުގެ ވާހަކައަކީ ރަށް ވިއްކައިގެން ވިޔަފާރި ކުރާ ވާހަކަ ކަމަށެވެ.

އަދި ރައީސް ޔާމީން ރަށްތައް ވިއްކަވާކަން މިހާރުވެސް ކޯޓުގައި ހިނގަމުންދާ ކޭސްތަކުން ދޭހަވާނެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ. އަދި މާލެ ތަރައްޤީ ކުރަންޏާ ރަށްތަކަށް ގެނެވޭނީ ކޮން ތަރައްޤީއެއްތޯ ހަސަންވަނީ ސުވާލު ކުރައްވާފައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close