ޚަބަރު މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަޤީން ކުރުމުގެ ގޮތުން ސަލާމާތީ ބާރުތަކުން ހަރަކާތްތެރިވަނީ

މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަޤީން ކުރުމުގެ ގޮތުން ސަލާމާތީ ބާރުތަކުން ހަރަކާތްތެރިވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަޤީން ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސަލާމާތީ ބާރުތަކުން ޚާއްޞަ ހަރަކާތްތަކެއް ފަށައިފިއެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން މާލޭގައި ރޭ ކުއްލި އޮޕަރޭޝަނެއް ފަށާފައިވާއިރު ސަލާމަތީ ބާރުތަކުންވަނީ ބަޔާނެއްނެރެފައެވެ.

ދެ މުއައްސަސާ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީން ކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން ސިފައިންގެ އެހީތެރިކަމާއެކު އޮޕަރޭޝަނެއްް ފަށާފައިވާ ކަމަށެވެ.

ސަލާމަތީ ހިދުމަތްތަކުން ކުރިއަށް ގެންދާ މިފަދަ އޮޕަރޭޝަންތަކަށް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުންވެސް ފާހަގަަކޮށްފައިވެ އެވެ.

“ގުޅިގެން” މި ނަމުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި ސިފައިންނާއި ފުލުހުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކަތްތެރިވަމުންނެެވެ.

ކުއްލިއަކަށް މިފަދަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތައް ގުޅިގެން ފަށާފައިވަނީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޓެގް

ސިފައިން ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.