ބޭރުދުނިޔެ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފިކަމަށް މެލޭޝިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދް، ކާމިޔާބު ކަމާ އެކު “އިލެކްޓިވް މެޑިކަލް ޕްރޮސީޖާ” އެއް ހެދި ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ޑިސްޗާޖު ކުރާނެ ކަމަށް ބެލެވޭ ކަމަށް މެލޭޝިޔާގެ ނެޝަނަލް ހާޓް އިންސްޓިޓިއުޓުން ބުނެފި އެވެ.

“މި ޕްރޮސީޖާ އަކީ އެއްވެސް ސީރިއަސް ކަމެއް ނެތް ޕްރޮސީޖާއެއް، ރޭވިފައިވާ ގޮތަށް ކުރިއަށް ދިޔައީ،” އެ އިންސްޓިޓިއުޓުން ނެރުނު ބަޔާނުގައި ބުންޏެވެ.

މަހާތީރު އެ އިންސްޓިޓިއުޓްގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ހިތުގެ މައްސަލަތަކެއްގެ ތާރީޚެއް އޮތް މަހާތީރު އެޑްމިޓްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

ޓެގް

މަހާތީރު މެލޭޝިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.