ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ބެލްޖިއަމްގެ މައްޗަށް 1-0 އިން ކުރިހޯދައި، ފްރާންސުން ތާވަލުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެ 6 ޕޮއިންޓާއެކު ފްރާންސް އެއްވަނައިގައި އޮތްއިރު، 3 ޕޮއިންޓް ލިބިފައިވާ ބެލްޖިއަމް އޮތީ ދެވަނައިގައެވެ.
ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި 40،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ފްރާންސުން ނުކުތީ އެންމެ ފަހުން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް 9 ބަދަލެއް ގެނެސްގެންނެވެ. އެގޮތުން އަނިޔާގެ ސަބަބުން ކެޕްޓަން ކިލިއަން އެމްބާޕޭ ނުލައި ކޯޗު ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ނުކުތް ނަމަވެސް، މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދީ ފްރާންސުންނެވެ. ފްރާންސްގެ ޒުވާން ކުޅުންތެރިޔާ ޑިޒޭ ޑުއޭ އަށް ލަނޑު ޖަހާނެ ރަނުގެ ފަސް ފުރުސަތެއް ލިބި ބޭކާރުވި ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އަމިއްލަ ހާފުން ބޯޅަ ހިފައިގެން އަރައި ފްރާންސް މޮޅުވި ލަނޑު ޖަހައިދިނީ މައިކަލް އޮލިސޭ އެވެ.
ނޭޝަންސް ލީގުގައި ފްރާންސަށް ދެން އޮންނާނީ އަންނަ ހުކުރު ދުވަހު އިޓަލީއާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...