ޚަބަރު ސިޔާސީ ހަރަކާތްތަކާ ހެދީ ޖަލަށްލާ ދުވަސް މާޒީވެއްޖެ، މިހާރު އޮތީ ސިޔާސީ ހަމަޖެހުން: މަހްލޫފް

ސިޔާސީ ހަރަކާތްތަކާ ހެދީ ޖަލަށްލާ ދުވަސް މާޒީވެއްޖެ، މިހާރު އޮތީ ސިޔާސީ ހަމަޖެހުން: މަހްލޫފް

ސިޔާސީ ހަރަކާތްތަކާ ހެދީ ޖަލަށްލާ ދުވަސް މާޒީވެއްޖެ، މިހާރު އޮތީ ސިޔާސީ ހަމަޖެހުން: މަހްލޫފް
މަޚުލޫފު ރާއްޖެ މިއަދު ޕްރޮގްރާމްގައި --- ފޮޓޯ: ނާރެސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެންނާއި މުޒާހަރާކޮށްގެން މީހުން ހައްޔަރުކޮށް ޖަލަށްލި ޒަމާން މާޒީވެ، މިހާރު ގައުމުގައި އޮތީ ސިޔާސީ ބޮޑު ހަމަޖެހުމެއް ކަމަށް ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ކުރީގެ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު މިހާރު ސިޔާސީ މަޝްރަހު ފެންނަނީ ވަރަށް އަމާންކޮށް ކަމަށެވެ. އަދި ސިޔާސީ ގޮތުން އުފެދޭ ހަލަބޮލިކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް ހިކުމަތްތެރިކަމާއެކު މެނޭޖްކުރައްވަމުން ގެންދަވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ މަޝްރަހުގައި އޮތް ބަދަހިކަމުގެ މިސާލެއްގެ ގޮތުން، ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތުގައި އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ކަން މަހްލޫފް ފާހަގަކުރެއްވިއެވެ. އަދި އެ ރަސްމިއްޔާތުން ފެނިގެންދިޔައީ އެކި ސިޔާސީ ފިކުރުތަކުގެ މެދުގައި އޮތް ގާތްކަމާއި އިހުތިރާމް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެކުރިން ސިޔާސީ ހަރަކާތްތަކާ ގުޅިގެން އަމިއްލައަށްވެސް ޖަލު ހުކުމް ތަންފީޒު ކުރައްވަންޖެހުނު މަހްލޫފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް މުޒާހަރާ ކުރުމާއި ޚިޔާލުފާޅުކުރުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށެވެ. އަދި ހަމައެކަނި ސިޔާސީ ފިކުރަކަށް ނިސްބަތްވާތީ ނުވަތަ މުޒާހަރާއެއްގައި ބައިވެރިވުމުން އެއްވެސް މީހަކަށް ދައުވާކޮށް ޖަލަށްލާ މަންޒަރު މިހާރު ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މުޒާހަރާތަކުގެ ތެރެއިން ގާނޫނާ ހިލާފުވެ ފުލުހުންނަށް ހަމަލާދިނުން ފަދަ އަމަލުތައް ހިންގައިފިނަމަ އެކަންކަން ގާނޫނީއިމުގެ ތެރެއިން ބަލަންޖެހޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ސިޔާސީ ސަބަބުތަކަށްޓަކައި އެއްވެސް މީހަކު ހައްޔަރުނުކޮށް ސަރުކާރުން ކަންކަން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓެގް

މަޚުލޫފު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.