ޚަބަރު މުދައްރިސުންގެ ދުޅަހެޔޮކަމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު

މުދައްރިސުންގެ ދުޅަހެޔޮކަމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު

މުދައްރިސުންގެ ދުޅަހެޔޮކަމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ډޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި، މުދައްރިސުންގެ ނަފްސާނީ އާއި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މަސައްކަތުގެ ބުރަ ކުޑަކޮށްދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަންތައް ކަމަށް ވިދާޅުވެއްޖެއެވެ.

އޮކްޓޫބަރު 5 ވަނަ ދުވަހު ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ވިދާޅުވީ، ހިނދުން ހިނދަށް ބަދަލުވަމުންދާ ދުނިޔެއެއްގައި ކުދިންނަށް މަގުދައްކައިދިނުމުގައި މުދައްރިސުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް ކަމަށެވެ. އަދި ޤައުމުގެ މުސްތަޤުބަލަށްޓަކައި އެބޭފުޅުން ކުރައްވާ މިންނަތް މަސައްކަތާއި، ވެވަޑައިގަންނަވާ ޤުރުބާނީގެ އިތުރުން ދައްކަވާ ސާބިތުކަމުގެ އަގުވަޒަންކޮށް، އިޚްލާޞްތެރި ޝުކުރު އަދާކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މުދައްރިސުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާޙައުލެއް ހޯދައިދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ. އެގޮތުން، މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމާއި، އެންމެން ގުޅިގެން ތަޢުލީމު ދިނުމުގެ ނިޒާމު ވަރުގަދަކުރުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގަންނައިދިނުމުގައި މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުދިންނާއި މުޅި ޤައުމުގެ ކުރިއެރުމުގެ ބިންގާ ވަރުގަދަވެގެންދާނެ ކަމެއްކަން ރައީސް މުޢިއްޒު މެސެޖުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މުދައްރިސުކަމުގެ ފުރިހަމަ އަގުވަޒަންކޮށް، ތަޢުލީމީ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފުރިހަމަ ޤާބިލުކަމާ ހަމައަށް ދެވޭނެ ފަދަ ނިޒާމެއް ބިނާކުރުމުގައި އެންމެން ގުޅިގެން ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.