ޚަބަރު

އިތުރު 37 މީހަކަު ރާއްޖެއިން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 37 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ، އިތުރު 63 މީހުން ބަލިން ރަނގަޅުވެއްޖެކަމަށް އެޗްޕީއޭއިން ހާމަ ކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އާދީއްތަ ދުވަހުގެ 18:00އިން ފެށިގެން ހޯމަދުވަހުގެ 18:00ގެ ނިޔަލަށް މާލެ ސަރަހައްދުން 35 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 2 މީހުން ހިމެނޭހެން ޖުމަލް 37 މީހުންކަމަށްވެ.

މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 10567މީހުންނަށް އިތުރުވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު އިތުރު 63 މީހުން ބަލިން ރަނގަޅުވެފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުމިވަނީ 9427އަށް އިތުރުވެފައެވެ.

މިބަލި ޖެހިގެން 1099 މީހުންނަށް މިހާރު ފަރުވާދެމުންދާއިރު ހޮސްޕިޓަލުގައި 65 މީހުންނަށްދަނީ ވޯޑުގައި ފަރުވާދެމުންނެވެ. މީގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 58 މީހުންނަށް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި އެކަކަށް އަދި ގއ. ވިލިނގިލީ މެޑިކަލް ފެސިލީޓީގައި 6 މީހުންނަށްދަނީ ފަރުވާދެމުންނެެވެ. އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން އެއްވެސް މީހަކު މިވަގުތު އައިސީޔޫގައިވެސް އަދި ވެންޓިލޭޓަރުގައިވެސް މީހަކު ނެތްކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close