ޚަބަރު ކޮމަންޑޫ ދާއިރާގެ ގޮނޑި އަޅުގަނޑަށް ދެއްވާ ، އަޅުގަނޑު ހުންނާނީ ހުސެންގެ ތަޞައްވުރު ދިރުވުމަށް: ރާޝިދު

ކޮމަންޑޫ ދާއިރާގެ ގޮނޑި އަޅުގަނޑަށް ދެއްވާ ، އަޅުގަނޑު ހުންނާނީ ހުސެންގެ ތަޞައްވުރު ދިރުވުމަށް: ރާޝިދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔަބު ވެއްޖެނަމަ ހުންނާނީ އެދާއިރާގެ ކުރީގެ މެމްބަރު މަރުޙޫމް ހުސެންގެ ތަޞައްވުރު ދިރުވުމަށް ކަމުގައި އެމްޑީޕީ ޓިކެޓުގައި ކޮމަންޑު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ.

ރާޝިދުގެ ކެމްޕެއިން އިފްތިތާހުކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އެމްޑީޕީއަކީ ކޮމަންޑޫ ރައްޔިތުންނަށް ތަރައްގީ ގެންނާނެ ޕާޓީ ކަމަށާއި އަސާސީ ޚިދުމަތްތައް ގާއިމުކޮށްދޭނީ ވެސް އެމްޑީޕީން ކަމަށެވެ.

އޭނާއަކީ ކޮމަންޑޫއަށް އުފަން ދަރިއަކަށް ނުވި ނަމަވެސް ޒުވާން ދުވަސްވަރު އޭނާއަށް ކޮމަންޑޫ ރައްޔިތުންގެ ކިބައިން ލިބުނީ ލޯތްބާއި ހިތްހެޔޮކަން ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން ކޮމަންޑޫއަށް ހިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ރާޝިދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިރާދަކުރެއްވިއްޔާ ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން ކަމަށާއި އޭނާ ދެމިހުންނާނީ ހުސެންގެ ތަސައްވަރު ދިރުވުމަށް ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރައްވާނީ އިޚްލާސްތެރިކަމާއެކުގައި ކަމަށެވެ.

މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ލާބައަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ރާޝިދު ވަނީ ވިދާޅުވެފައެވެ.

ޓެގް

ކޮމަންޑޫދާއިރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.