ބޭރުދުނިޔެ

ބަނގްލާދޭޝް: ޑިސެމްބަރު މަހު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ 82 އިންސައްތަ އަކީ ވެކްސިން ނުޖަހާ މީހުން

ޑިސެމްބަރު މަހު ކޮވިޑް-19 ޖެހިގެން ބަނގްލާދޭޝްގައި މަރުވި މީހުންގެ 82 ޕަސަންޓް މީހުންނަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާމީހުންކަމުގައި އެޤައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.  

ބަންގްލަދޭޝްގައި މިދިޔަ މަހު މި ބަލީގައި 91 މީހަކު މަރުވެފައިވާ ކަމަށް ރަޖިސްޓްރީ ކޮށްފައިވާ އިރު، އޭގެ ތެރެއިން ވެކްސިން ދީފައިވަނީ އެންމެ 17 މީހުންނަށް ކަމަށް އެޤައުމުގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސަސް އިން ބުނެ އެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ވެކްސިން ދިނުމަކީ ކޮންމެހެން ބޭނުންތެރި އެއް ކޮމްޕޯނަންޓް ކަމަށް ވާއިރު، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބަންގްލަދޭޝްއިން ދަނީ އެގައުމުގެ ރައްޔިތުންނަށް ހިލޭ ވެކްސިން ޝޮޓްތައް ފޯރުކޮށްދެމުންނެވެ.

ސަރުކާރުގެ ޑޭޓާތަކުން ދައްކާ ގޮތުގައި މި މަހުގެ 2 ވަނަ ދުވަހާ ހަމައަށް 74.48 މިލިއަން މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން 52.84 މިލިއަނަށްވުރެ ގިނަ މީހުންނަށް ދެ ޑޯޒް ވެކްސިން ދެވިފައިވެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ގެނެވުމުގެ ކުރިން ސަރުކާރުން ވަނީ އެ ވެކްސިންގެ ބޫސްޓާ ޑޯޒްތައް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ރޯލްއައުޓް ކޮށް، ވެކްސިން ޑޯޒްތައް ވެސް ބޭނުން ކުރަން ފަށަން މަސައްކަތް ކުރަން ފަށާފަ އެވެ. މިހާތަނަށް 3 ވަނަ ޑޯޒް ދީފައިވަނީ 114،740 މީހުންނަށެވެ.

ކޮވިޑް-19 ގެ އިންފެކްޝަން ތައް 2021 ވަނަ އަހަރުގެ ފަހު މަސްތަކުގައި ވަނީ ދަށްކުރެވިފައެވެ.

މިދިޔަ މަހު 9،255 މީހުންނަށް ބަލި ޖެހިފައިވާއިރު، ނޮވެމްބަރު މަހު އެ އަދަދު ވަނީ 6،745 އަށް އިތުރުވެފަ އެވެ.

އެގޮތުން މިހާތަނަށް 10 މީހަކަށް ވަނީ އޮމިކްރޯން ސްޓްރެއިން ޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close