ބޭރުދުނިޔެ ސޫދާން ބަޣާވާތް: ބޮޑު މުޒާހަރާއަކަށްފަހު ބޮޑުވަޒީރު އަބްދުﷲ ހަމްޑޮކް އިސްތިއުފާ ދެއްވައިފި

ސޫދާން ބަޣާވާތް: ބޮޑު މުޒާހަރާއަކަށްފަހު ބޮޑުވަޒީރު އަބްދުﷲ ހަމްޑޮކް އިސްތިއުފާ ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަސްކަރިއްޔާއިން މިދިޔަ އޮކްޓޯބަރު މަހު ބާރުތައް އަތުލައި، މިސްޓަރ ހަމްޑޮކް ގޭބަންދުގައި ބަހައްޓަން މަސައްކަތް ކުރި ނަމަވެސް، ބަޣާވާތުގެ ލީޑަރާއެކު ބާރުތައް ހިއްސާކުރުމުގެ އެއްބަސްވުމަކާ ގުޅިގެން އޭނާ ވަނީ އަލުން ވަޒީފާއަށް ނެރެފަ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އެ އެއްބަސްވުމާ ދެކޮޅު ހަދައި، މުޅިން ވެސް މަދަނީ ސިޔާސީ ވެރިކަމެއް ކުރުމަށް ޑިމާންޑްކޮށްފައެވެ.

ބޮޑުވަޒީރު އިސްތިއުފާ ދެއްވީ މުޒާހަރާގެ އިތުރު ދުވަހެއް ފަހުން ކަމަށް ވާއިރު، ހަމަނުޖެހުންތަކުގައި މަދުވެގެން ދެ މީހަކު ވަނީ މަރުވެފަ އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި މިސްޓަރ ހަމްޑޮކް ވިދާޅުވީ ސޫދާނު އޮތީ ” ނުރައްކާވާ ފަދަ ނުރައްކާތެރި ޓާރނިންގ ޕޮއިންޓެއްގައި” ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމު ހަލަބޮލި ކަމެއްގެ ތެރެއަށް ތިޔަނުދީ ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށާއި ނަމަވެސް “އެއްގަލަކަށް އެރުމަށް ކޮންމެ ކަމެއް ކުރި ނަމަވެސް… އެކަމެއް ނުހިނގާ”. ކަމަށެވެ.

“އަޅުގަނޑު ނިންމީ އެ ޒިންމާ އަނބުރާ ދީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދިންކަން އިއުލާން ކޮށް ގައުމުގެ އެހެން ފިރިހެނަކަށް ނުވަތަ އަންހެނަކަށް ފުރުސަތު ދޭން… އަދި އިންތިޤާލީ މަރުޙަލާގެ ބާކީ ހުރި ކަންތައްތައް، މަދަނީ ޑިމޮކްރެޓިކް ޤައުމަކަށް ވާސިލުކޮށްދިނުމުގައި އެހީތެރިވެދެއްވާނެ ކަމުގައިވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ސޫދާނުގެ ޒަމާންވީ ޚުދުމުޚުތާރު ރައީސް އޮމަރު އަލް ބަޝީރުގެ ވެރިކަން 2019 ވަނަ އަހަރު ވައްޓާލުމަށް ފަހު، ރައްޔިތުންގެ މެދުގައި އުފެދުނު އިންގިލާބެއްގެ ސަބަބުން، ޑިމޮކްރެޓިކް ވެރިކަމަކަށް ގައުމު ގެންދިއުމުގެ މަގުސަދުގައި، މަދަނީ އަދި އަސްކަރީ ލީޑަރުން ވަނީ ބާރުތައް ހިއްސާކުރުމުގެ އެއްބަސްވުމަކަށް އައިސްފައެވެ.

ޓެގް

ސޫދާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.