ކުޅިވަރު ފަހަތުން އަރާ އާސެނަލް ބަލިކޮށް ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި ސިޓީ ހަމަޖެހިލައިފި

ފަހަތުން އަރާ އާސެނަލް ބަލިކޮށް ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި ސިޓީ ހަމަޖެހިލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިނގިރޭސި ޕްރިމިއަރލީގްގައި މިއަދު ހަވީރު އާސެނަލްގެ ދަނޑުގައި އާސަނަލްއާއި ސިޓީ ބައްދަލުކުރި މެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައިގައި ސިޓީ ހަމަޖެހިލައިފިއެވެ.

ދިހި ކުޅުންތެރިންނާއެކު ސިޓީ މި މެޗު ކާމިޔާބުކުރީ ފަހަތުން އަރައެވެ. ސިޓީ މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައެވެ.

މި މޮޅާއެކު ސިޓީ ވަނީ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ސިޓީ އެއްވަނައިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 53 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޗެލްސީ އޮތީ ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެ 42 ޕޮއިންޓާއެކު އެވެ. ދެ މެޗު މަދުން ކުޅެ ލިވަޕޫލް ތިންވަނައިގައި އޮތީ 41 ޕޮއިންޓާއެކު އެވެ. އާސެނަލް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އެއީ 20 މެޗުން 35 ޕޮއިންޓާއެކު އެވެ.

މިއީ އާ އަހަރު ފެށިއިރު މިހާ ބޮޑު ލީޑެއްގައި ތާވަލުގެ އެއްވަނައިގައި ޓީމެއް އޮތް ފުރަތަމަ ފަހަރެވެ. މި މެޗު ކުޅުނުއިރު އާސެނަލްގެ ކޯޗު މިކެލް އާޓޭޓާ ވަނީ ކޮވިޑަށް ފައްސިވުމުން ޓީމާއި ދުރުގައެވެ.

ޓެގް

އާސެނަލް މެންސިޓީ ޕްރިމިއަރލީގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.