ޚަބަރު

ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް އަރައިފި

އަލްޖަޒީރާ: ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް އަރައިފިއެވެ. މި ބަލިމަޑުކަން ފެށުނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

އެމެރިކާގައި އަލަށް ބަލިޖެހޭ މީހުންގެ ނިސްބަތް ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ގައިންގަޔަށް އަރާ އޮމިކްރޯން ކޮރޯނާވައިރަސް ވޭރިއަންޓެވެ.

އޮސްޓްރޭލިއާއިން ވެސް ބުރާސްފަތި ދުވަހު ރެކޯޑް އަދަދަކަށް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްއޮތުމަށްފަހު ޓެސްޓު ކުރާ ސައިޓްތަކަށް މިހާރުވަނީ ޕްރެޝަރު ބޮޑުވެ ސިސްޓަމަށް ނުކަތާވަރުވެފައެވެ.

އެގޮތުން، އޮމިކްރޯން އާއި ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކޮވިޑް-19ގެ ކޭސްތަކުގެ “ސުނާމީ” އެއް އުފެދިދާނެ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ވަނީ ދީފައެވެ.

މުޅީދުނިޔޭގެ ނިސްބަތުން ކޮވިޑް ފެތުރޭ މިންވަރު ރެކޯޑް އަދަދަކަށް އަރާފައިވީނަމަވެސް ނިއުޔޯކް ސިޓީގެ މޭޔަރު ބިލް ޑި ބްލާސިއޯ ވިދާޅުވީ، ރޭވިފައިވާ ގޮތަށް 2022 ވަނަ އަހަރު ޝޯވް ނިއުޔޯކް ސިޓީ އާއި އިތުރު ސިޓީތަކުގައި ކުރިއަށް ދާނެ ކަމަށެވެ.

“އަހަރެމެން ބޭނުންވަނީ އަހަރެމެން ކުރިއަށް ދާންކަން ހާމަކުރަން، އަދި އަހަރެމެން މުޅި ދުނިޔެއަށް ދައްކަން ބޭނުންވަނީ ނިއުޔޯކް ސިޓީ މިކަމުގައި ހަނގުރާމަ ކުރަމުންދާކަން،” އެންބީސީގެ “ޓުޑޭ” ޝޯގައި ޑި ބްލާސިއޯ ވިދާޅުވި އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ޓައިމްސް ސްކޮޔާގައި މި ބަލިމަޑުކަމާ ގުޅިގެން އެއްވުންތައް މަނާކުރުމަށް ފަހު، ސިޓީގެ އޮފިޝަލުން މިހާރުވަނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކުދިކުދި އެއްވުންތައް ބޭއްވުމުގެ ހުއްދަ ދޭންނިންމާފައެވެ.  އަދި އާއަހަރުގެ ބޮޑު ޝޯވ ވެސް ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close