ޚަބަރު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ގުރުނެގުން މިރޭ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ގުރުނެގުން މިރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ގުރުނެގުން މިރޭ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންނަ އަހަރުގެ ފެބްރުވަރީ 05 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުލުން މިރޭ 21:00 ގައި އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގެ ޓްރެއިނިންގ ހޯލުގައި ކުރިއަށްދާނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީންނާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީން ވަނީ ކެނޑިޑޭޓުން ނެރެފައެވެ. އެމްޑީޕީން ވާދަކުރަނީ މުޙައްމަދު ރާޝިދެވެ. ޕީޕީއެމުން ނެރެފައިވަނީ މޫސާ ފަތުހީ އާދަމްއެވެ. އެމްއެންޕީގެ ކެނޑިޑޭޓަކީ އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތަކުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިހާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ.

ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

ޓެގް

ކޮމަންޑޫދާއިރާ ބައިއެލެކްޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.