ޚަބަރު މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ބަޔަކާއި ހަވާލުކޮށްފި

މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ބަޔަކާއި ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިލަދުންމަޑުލު ދެކުނުބުރީ، ނ.މަނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 132،000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ހަވާލުކޮށްފައިވަނީ “ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” އާއިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިމިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރ އައްބާސް މުޙައްމަދުއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގައި މި ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދު الله މަޢުޞޫމް
އާއި ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ހާރޫން ބައިވެރިވެވަޑައިގަތެވެ. މަދުވެގެން 50 ކޮޓަރި ހިމެނޭ ގޮތަށް މި ހޯޓާ ތަރައްޤީކޮށް 2024 ޖުލައި ގެ ކުރިން ހުޅުވޭނެކަމަށް ޓުވަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓެގް

ޓޫރިޒަމް ގެސްޓްހައުސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.