އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ގެ ވެރިކަން ކުރާ ޕާޓީގެ މުހިންމު ބައްދަލުވުމެއް ބާއްވައިފި
މި އެއްވުން މި ބޭއްވީ، ބަލިމަޑުކަމާ ދެކޮޅަށް އަޅާފައިވާ ލޮކްޑައުނާއި، ނިއުކްލިއަރ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސޯދީ ކާރިސާތައް އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ގެ ވެރިކަން ކުރާ ޕާޓީގެ މުހިންމު ބައްދަލުވުމެއް މި ހަފްތާގައި ބާއްވައިފިއެވެ.
ކޮރެޔާގެ ދައުލަތުގެ ނޫސް އޭޖެންސީ ކޭސީއެންއޭއިން ބުނީ، ވޯކާސް ޕާޓީ އޮފް ކޮރެއާ (ޑަބްލިއު.ޕީ.ކޭ)ގެ 8 ވަނަ ސެންޓްރަލް ކޮމިޓީގެ 4 ވަނަ ޕްލެނަރީ ބައްދަލުވުން ހޯމަ ދުވަހު ބާއްވާފައިވާ ކަމަށެވެ.
އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ޕްރޮގްރާމް ކުރިއަށް ގެންދާ ތީއާއި، ޤުދުރަތީ ކާރިސާތަކާ ގުޅިގެން އެޤައުމުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދީ ކާރިޘާތައް އިތުރުވެ، އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރައިފައެވެ.
މި ހަފްތާގެ ބައްދަލުވުން ދިގު ދެމިގެން ދާނެ ދުވަހެއް އަދި ނޭނގެ އެވެ. 2019 ވަނަ އަހަރު ވަނީ 4 ދުވަހުގެ މުއްދަތަށް ޢާންމު ޖަލްސާއެއް ބާއްވާފައެވެ.
މި ބައްދަލުވުމަކީ ކިމްގެ ވެރިކަމަށް 10 އަހަރު ފުރޭ އިރު ބާއްވާ ބައްދަލުވުމެކެވެ. 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކިމް ޖޮން އިލް ގެ ބައްޕާފުޅު އަދި ޒަމާންވީ ވެރިޔާ ކިމް ޖޮން އިލް އަވަހާރަވި ފަހުން ކިމް ޖޮން އުން ވަނީ އަމިއްލަ ގޭގައި ފުރިހަމަ ބާރު އުފައްދަވައި އުތުރު ކޮރެއާގެ ނިއުކްލިއަރ އަދި މިސައިލް ހަތިޔާރު ވަރުގަދަ ކުރައްވާފައެވެ.
“މި ޕްލެނަރީ ބައްދަލުވުމަކީ މައި ޕާޓީ އާއި ދައުލަތުގެ ސިޔާސަތުތައް 2021 ވަނަ އަހަރަށް ތަންފީޒު ކުރެވެމުންދާ މިންވަރު މުރާޖައާ ކުރުން،” ކޭސީއެންއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އަދި އެ ބައްދަލުވުމުގައި “އެޖެންޑާ އައިޓަމްތައް ފާސްކޮށް، އެ އައިޓަމްތަކުގެ މަޝްވަރާގެ މޭޒަށް ދިޔަ” ކަމަށް ރިޕޯޓުގައި ބުނެފައި ވީ ނަމަވެސް، އިތުރު ތަފުސީލެއް ދިނުމެއް ނެތި، އެ ޖަލްސާ އެތައް ދުވަހެއް ވަންދެން ކުރިއަށް ގެންދިއުން އެކަށީގެންވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ކިމް ވަނީ އާ އަހަރާ ދިމާކޮށް ގިނަ ފަހަރަށް ޕޮލިސީ ބޮޑެތި އިޢްލާންތައް ކުރައްވާފައެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު ދެކުނު ކޮރެއާގައި ބޭއްވި ވިންޓަރ އޮލިމްޕިކްސްއަށް ވަފުދެއް އިޢްލާން ކުރެއްވި އިރު، 2019 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ބޭނުންފުޅުވާ ކަމަށް ކިމް މަޝްވަރާ ކުރެއްވި އިރު، ކިމް ވަނީ އާ އަހަރާ ދިމާކޮށް ބޮޑެތި ޕޮލިސީ އިޢްލާންތަކެއް ކުރައްވާފައެވެ.
އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާއަށް ކިހާވަރެއްގެ ލުޔެއް ލިބިދާނެކަމާމެދު އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން 2019 ވަނަ އަހަރު އެ މަޝްވަރާތައް ވަނީ ވެއްޓިފައެވެ.
އުތުރު ކޮރެއާ މޮނިޓާ ކުރާ ސޯލްގައި ހުންނަ ވެބްސައިޓެއް ކަމަށްވާ އެންކޭ ނިއުސް އިން ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ “ކިމް ވަނީ މީގެ ކުރިން ވެސް އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ތަގުރީރުތައް ބޭނުން ކުރައްވައި އެމެރިކާ އާއި ދެކުނު ކޮރެއާއާ ރަހުމަތްތެރި ކަމުގެ ރޭވުންތައް ރާއްވަވާފައި، ނަމަވެސް ނިއުކްލިއާ ހަތިޔާރުގެ ކުރިއެރުންތަކާއި އެހެނިހެން އަސްކަރީ ޕްލޭންތައް ވެސް ހާމަ ކުރެއްވުމަށް” ކަމަށެވެ.
އުތުރު ކޮރެއާއިން ބުނީ މަޝްވަރާތައް އަލުން ފެށުމަށް ހުޅުވާލެވިފައިވާ ކަމަށާއި ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ ޑްރިލްތައް ފަދަ “ދެކޮޅުވެރި ސިޔާސަތުތައް” ނިމުމަކަށް ގެނައުމަށް ވޮޝިންޓަނާއި ސޯލް އިން ފިޔަވަޅު އަޅައިފިނަމަ ނޫނީ މަޝްވަރާތައް އަލުން ނުފަށާނެ ކަމަށެވެ.
އުތުރު ކޮރެޔާއާއެކު އޮންނަ ގުޅުން ތައް ބަލަހައްޓާ ދެކުނު ކޮރެޔާގެ އެއްބައިވަންތަކަމާބެހޭ ވުޒާރާއިން ހޯމަ ދުވަހު ބުނީ އުތުރު ކޮރެޔާއިން “އައު އަހަރު ފަށާނީ ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު މަޝްވަރާގެ ދޮރު ހުޅުވާލައި، އެއްބާރުލުމާއި ބައިވެރިވުން ކުރިއަށް ގެންދިޔުމަށް އިތުރު ފިޔަވަޅުތަކާ އެކު ކަމަށެވެ.


