ޚަބަރު

ޑރ.އިޔާޒްގެ ވަރުގަދަ ރައްދެއް އިދިކޮޅަށް

ޑރ.އިޔާޒްގެ ވަރުގަދަ ރައްދެއް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ދެއްވައިފިއެވެ.
ޑރ.އިޔާޒް ވިދާޅުވީ އިންޑިއާ އައުޓޭ ކިޔައިގެން އިދިކޮޅު ފަރަތްތަކުން މަސައްކަތް ކުރަނީ މުޖުރިމެއްގެ ޖަރީމާ ތަކަށް ފަސް އަޅަން ކަމުގައެވެ.

ޑރ.އިޔާޒު މިފަދައިން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޚާއްސަކޮށް ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ހިންގަމުންދާ “އިންޑިއާ އައުޓް” ކެމްޕެއިނަށް އިޝާރާތް ކުރައްވައެވެ. އިދިކޮޅު ފަރާތްތަކުން މިހަރަކާތް ފެށީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލަމުންނެވެ. ނަމަވެސް ވަކި ހިސާބަކުން “އިންޑިއާ އައުޓް”ގެ ނަމަށް ހަރަކާތް ބަދަލުކޮށްފައެވެ.

ޑރ.އިޔާޒު ވިދާޅުވީ މިފަދަ ހަރަކާތެއް ހިންގައި ޤައުމުގެ ހަމަޖެހުން ގެއްލުވާލުމަށްވުރެ ޤައުމުގައި ހުރި މައްސަލަތަކާއި ކުރިމަތިލައި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުން މާ އައުލާންބޮޑު ކަމަށެވެ. އެއްވެސް ހާލެއްގައި އިންޑިއާ އައުޓު ހަރަކާތަކީ މުޖުރިމެއްގެ ޖަރީމާ ފޮރުވަން ހިންގޭ ހަރަކާތަކަށް ވެގެން ނުވާނެކަމަށްވެސް ޑރ.އިޔާޒު ވިދާޅުވިއެވެ.

އިންޑިއާ އައުޓޭ ކިޔައިގެން މުޖުރިމެއްގެ ޖަރީމާ ތަކަށް ފަސް އަޅާ ފޮރުވައިދޭން ކެމްޕެއިން ކުރުމަށްވުރެ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ފޯކަސްކޮށް އެކަން ރަނގަޅު ކުރަން މަސައްކަތް ކުރުން މާ މުހިންމު.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

އިންޑިއާ އައުޓްގެ ނަމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ ކެމްޕެއިނަކީ ސިޔާސީ މަޤުޞަދެއްގައި ރައްޔިތުންގެ ޝުޢޫރުތަކާ ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެއްކަމަށް އިޔާޒު ނިސްބަތްވާ އަދާލު ޕާޓީންވެސް ވަނީ މިއަދު ބުނެފައެވެ.

އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ މި ހަރަކާތްތަކާ ދެކޮޅަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. އެ ބޭފުޅުން ވިދާޅުވަނީ މިކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ. މިހަރަކާތް ހުއްޓުވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިހަރަކާތް ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެފައެވެ. ފުލުހުންވަނީ އިންޑިއާ އައުޓް ހަރަކާތުގެ ޓީޝާޓު ލައިގެން މަގުމައްޗަށް ނުނިކުމޭވެނެކަމަށް މުޒާހަރާގެ ބައިވެރިންނަށް އަންގާފައެވެ. އަދި ބައެއް މީހުން ދުއްވި ސައިކަލްތައް ވެސް ވަނީ ނުރައްކާތެރިކޮށް ދުއްވިކަމަށްބުނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close