ޚަބަރު

ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ސިއްހީ، ކުޅިވަރު އަދި ޓެކްސޭޝަންގެ ދާއިރާއިން ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ޓެކްސް ނެގުމާއި، އެއްބާރުލުން ދިނުމާބެހޭ އައު އެއްބަސްވުންތަކެއްގައި ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި، ޑަބަލް ޓެކްސް ނެގުން ހުއްޓުވުމާއި، އިންކަމް ޓެކްސް ނެގުން ހުއްޓުވުމުގެ އެއްބަސްވުންވެސް ހިމެނެއެވެ.

މީގެ އިތުރުން، ޞިއްޙީ ދާއިރާއިން މީހުން ރެކްރޫޓް ކުރުމާއި، ޞިއްޙީ ދާއިރާއާއި، މެޑިކަލް ސައިންސާއި، ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ރޮނގުންދެޤައުމުގެ މެދުގައި ވެސް ވަނީ ވަރަށް މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

މި ރަސްމިއްޔާތުގައި ބަންގްލަދޭޝްއިން ވަނީ އެކުވެރިކަން ބަދަހި ކުރުމުގެގޮތުން 13 އަސްކަރީ އުޅަނދެއް ވެސް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.

ދިވެހި ސަރުކާރުން ވަނީ ބުރާސްފަތި ދުވަހު ޖުމްހޫރީ މައިދާނުގައި ޝައިޚް ޙަސީނާއަށް ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތެއް ބާއްވަވާފައެވެ. އެކަމަނާއަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ދިވެހި އަސްކަރިއްޔާގެ ބްރާސް ބޭންޑުން އެކަމަނާއަށް 21 ބަޑީގެ ސަލާމެއް އެރުވިއިރު، ދިވެހި ޤައުމީ ދިފާޢީ ބާރުން އެކަމަނާއަށް ޝަރަފު އެރުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ބަންގްލަދޭޝްގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭގެ ފަހުން ދެ ލީޑަރުން ވެސް ވަނީ ގުޅިގެން ނޫސް ބަޔާނެއް އިއްވަވާފަ އެވެ.
ހަ ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ހަސީނާގެ ޝަރަފުގައި ރައީސް ސޯލިހު ޖާފަތެއް ދެއްވާނެ އެވެ.

އެއް ކޮމެންޓް

  1. މިހާ ގިނަ އެގްރީމެންޓުތަކެއް ހެދުނުއިރު ބަންގާޅު ސިފައިން ރާއްޖޭގައި ބައިތިއްބުމާއި ބެހޭ އެގްރީމެންޓެއް ނެތީ ކީއްވެބާ. މިހާގިނަ ބަންގާޅުމީހުން އުޅޭތަނެއްގައި އެމީހުންގެ ސިފައިން ވެސް ތިބެންވާނެ ނޫންތޯ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close