ޚަބަރު މެމްބަރު ޢަބްދުﷲ ޖާބިރު ހައްޔަރުކޮށްފި

މެމްބަރު ޢަބްދުﷲ ޖާބިރު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފި އެވެ. ޖާބިރު ހައްޔަރު ކުރިކަން ވަނީ މަޖިލީހުގެ އިދާރާއިން ކަށަވަރު ކޮށްދީފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފިނަމަ އެކަން މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް އަންގަން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ލާޒިމު ކުރެއެވެ.


މަޖިލީހުގެ އިސް އޮފިޝަލަކު ވިދާޅުވިކަމަށް އޮންލައިން ނޫސް އަވަސްގައި ރިޕޯޓްކޮށްފައިވަނީ ޖާބިރު ހައްޔަރުކޮށްފައިވާކަން ފުލުހުން އަންގާފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރުމާއި ގުޅޭގޮތުން އޭނާ އިތުރު ތަފްސީލެއް ނުދެއްވާކަމަށްވެސް އެނޫހުގައިވެއެވެ.


ޖާބިރު ހައްޔަރުކޮށްފައިވާއިރު އޭނާގެ ފަރާތުން ފެންނަ އާދަޔާ ޚިލާފު ކަންތައްތަކާމެދު މަޖްލީހުގެ ބައެއް މެމްބަރުންވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެގޮތުން މަޖްލީހުގެ ތަޅުމުގައިވެސް ބައެއް މެމްބަރުން ވަނީ ޖާބިރަށް އެހީތެރިވުމަށް ގޮވާލާފައެވެ. އަދި ބައެއް މެމްބަރުން ޖާބިރު ހައްޔަރު ކުރުމަށްވެސް ގޮވާލައްވާފައިވެއެވެ.


ޖާބިރަކީ މީގެ ކުރިންވެސް ހޮނޑައިދޫގައި ޕާޓީކުރެއްވުމުގެ ތުހުމުގައި ހައްޔަރުކޮށްފައިވާ ބޭފުޅެކެވެ. އެފަހަރު ޖާބިރަށް ތުހުމަތު ކުރެވުނީ ބަނގުރާ ހިއްޕެވި ކަމުގެ ތުހުމަތެވެ.
ދާދިފަހުން ޖާބިރުވަނީ ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްވެސް މަޖްލީހުގެ ތަޅުމުގައި ގޮވާލައްވާފައެވެ. އަދި ދީނީ ޢިލްމްވެރިންނަށްވެސް ވަރަށް ބޭއަދަބީ ބަހުން ހަޑިހުތުރު އެއްޗެތި ގޮވާލައްވާ ބޭފުޅެއްގެ ގޮތުގައި ޖާބިރު ވަނީ މިފަހަކަށްއައިސް ފާހަގަ ކުރެވިފައެވެ.


ޖާބިރު މިފަހަރު ހައްޔަރު ކޮށްފައިވަނީ ކޮން ކަމަކާ ގުޅިގެންކަމެއް އަދި ސާފެއްނުވެއެވެ.

ޓެގް

ޖާބިރު ފުލުހުން މަޖްލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.