ޚަބަރު ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަންނަ އަހަރުގެ މެއި މަހާއި ހަމައަށް ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއް: ވަޒީރު އިޙްސާން

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަންނަ އަހަރުގެ މެއި މަހާއި ހަމައަށް ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއް: ވަޒީރު އިޙްސާން

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަންނަ އަހަރުގެ މެއި މަހާއި ހަމައަށް ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއް: ވަޒީރު އިޙްސާން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ މެއި މަހާއި ހަމައަށް ދާއިމީކޮށް ހައްލުކުރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ "އަހާ" ފޯރަމްގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި، 1980ގެ އަހަރުތަކުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ބިދޭސީންގެ ޤަވައިދާ ޚިލާފު މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލެވިފައިނުވާ މައްސަލައެކެވެ. ނަމަވެސް މި ސަރުކާރު ހަވާލުވިއިރު ރެކޯޑް ކުރެވިފައިވާ 295,000 ބިދޭސީންގެ ތެރެއިން އެންމެ 22,000 މީހުންގެ ބަޔޯމެޓްރިކްސް ނެގިފައިވީ ނަމަވެސް، މިހާރު 260,000 މީހުން ވަނީ ވެރިފައިކުރެވިފައެވެ. މިހާރު ރާއްޖޭގައި ބަޔޯމެޓްރިކްސް ނުނެގި ތިބޭނީ އެންމެ 1 އިންސައްތަ މީހުން ކަމަށާއި، މުޅި ދުނިޔެއިން ބަލާއިރު މިފަދަ ނަތީޖާއެއް ހާސިލުކުރެވިފައިވަނީ ރާއްޖެއާ އެކު އެންމެ ތިން ޤައުމެއްގައި (ސިންގަޕޫރާއި ޔޫއޭއީ) ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގައި، ޤަވައިދާ ހިލާފަށް އުޅޭ މީހުންނާއި ޤަވައިދާ އެއްގޮތަށް އުޅޭ މީހުން ވަކިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރަން އައި މަސައްކަތް ނޫން އެހެން މަސައްކަތެއްގައި އުޅޭ މީހުން ޑީޕޯޓް ކުރެވޭނެއެވެ. މީގެ އިތުރުން، ބިދޭސީއަކު ގެނެސް އިހުމާލުވާ ފަރާތްތަކުން ކޮންމެ ބިދޭސީއެއްގެ ބޮލަކަށް 50,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެ ގޮތަށް ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 2027 ވަނަ އަހަރުގެ މެއި މަހަށް ދާއިރު، ދިވެހިން ކުރަމުންދިޔަ މަސައްކަތުގައި ހަރަކާތްތެރިވާ ބިދޭސީން ނެރެވި، އެ މަސައްކަތުގައި ދިވެހިން އަލުން ހަރަކާތްތެރިވާން ފަށާނެ ކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ޓެގް

އަލީ އިޙްސާން ބިދޭސީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.