ޚަބަރު

ޝޭޚް ހަސީނާ މަޖްލީހުގައި ތަޤްރީރު ކުރައްވަނީ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ޜާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރެއްވުމަށް ދައުވަތު އަރުވާން މަޖްލީހުން ނިންމަވައިފި އެވެ. އެކަމަނާ ރާއްޖެ ވަޑަައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވާ ބުދަ ދުވަހު އެވެ.

ބޮޑުވަޒީރު ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ މެދު ގޮތެއް ނިންމަން މާދަމާ ދައުރުން ބޭރުގައި ބާއްވާ ޖަލްސާގައި ވަނީ އެޖެންޑާކޮށްފަ އެވެ. މިއީ އޭސީސީގެ މެމްބަރުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް އެޖެންޑާކޮށްފައިވާ ޖަލްސާއެކެވެ.

ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް މަޖިލީހުގައި ދެ ވެރިއަކު ވަނީ ތަގްރީރު ކުރައްވާފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު މަންމޯހަން ސިންހް އާއި މި ވެރިކަމުގައި އިންޑިޔާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު މިދިޔަ މަހު 29 ވަނަ ދުވަހު ނިންމައި، މެމްބަރުން މިހާރު ތިއްބެވީ ޗުއްޓީގަ އެވެ. އެކަމަކު، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ވަކިކުރަން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވާތީ، ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެގޮތުން ފުރަތަމަ ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close