ޚަބަރު އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގައި އާންމު ކަމެއް ނޫންބާ؟ ސައްލެ

އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގައި އާންމު ކަމެއް ނޫންބާ؟ ސައްލެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގައި އާންމު ކަމެއް ނޫންބާ؟ ވިދާޅުވެ ސައްލެ ސަރުކާރަށް ސުވާލެއް ކުރައްވައިފިއެވެ.

ސައްލެ މިފަދައިން ސުވާލެއް ކުރައްވާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިންޑިއާ އައުޓް ހަރަކާތް ފުޅާވެ ގިނަޢަދަދެއްގެ ބަޔަކު ބައިވެރިވަމުން ދާ ދަނޑިވަޅެއްގައެވެ.

ސައްލެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިޔާގައި ގަވައިދާ އެއްގޮތައް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތުވެސް އެބަތިބިކަމަށެވެ. އެކަމުން އިންޑިޔާގެ އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނާނތޯ ސައްލެ ސުވާލު ކުރެއްވިއެވެ. އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގަައި އާންމު ކަމެއް ނޫންތޯވެސް ސައްލެ ސުވާލު ކުރެއްވިއެވެ.

އިދިކޮޅުން ކުރިއަށްގެން ހަރަކާތަށް ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ބުނަމުންދަނީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން އިންޑިއާއެކު ރާއްޖެއިން އޮތް ޒަމަންވީ އެކުވެރި ގުޅުމަށް ބުރޫ އަރާނެކަމަށެވެ.

އިންޑިއާ އަކީ ރާއްޖެއަށް ބޭނުންވާ އަސާސީ އެތައް މުދަލެއް އެތެރެ ކުރާ ޤައުމަކަށް ވީހިނދު، އިދިކޮޅުގެ ހަރަކާތުގެ އަސަރު މިކަމަށްކޮށް، ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށެވެ.

ޓެގް

ސަލީމް ހޯރަފުށީދާއިރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.