ކުޅިވަރު

ފީފާ ފިފްޕްރޯ ވޯލްޑް 11 ގެ ލިސްޓްގައިވެސް ރޮނާލްޑޯ އާއި، މެސީ ހިމެނިއްޖެ

ފީފާ ފިފްޕްރޯ ވޯލްޑް 11 ގެ ފިރިހެން ލިސްޓްގައި ހިމެނޭ 23 ކުޅުންތެރިން ކަށަވަރުވެފައިވާއިރު، އެލިސްޓްގެ ފޯވާޑުންގެ ބައިގައި ދުނިޔޭގެ ނަމްބަރ ވަން ދެ ކުޅުންތެރިންކަމުގައިވާ ރޮނާލްޑޯއާއި، މެސީ ހިމެނިއްޖެއެވެ.

2021 ވަނަ އަހަރަށް ފީފާ ފިފްޕްރޯ މެންސް ވޯލްޑް 11 އަށް 23 މީހުންގެ ޝޯޓްލިސްޓްގައި ޗެލްސީ އާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކޮންމެޓީމަކުންވެސް ދެ ކުޅުންތެރިން ނޮމިނޭޓްވެފައި ވެއެވެ.

މުހައްމަދު ސަލާހް އަށް މިލިސްޓުން ޖާގައެއް ނެތް ނަމަވެސް ލިވަޕޫލުގެ ގޯލްކީޕަރު އަލިސަން އާއި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ވެސް ވަނީ ހިމަނާފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދައިން ޕީއެސްޖީގެ އެޓޭކިން ޓްރިއޯ ކަމަށްވާ ލިއޮނެލް މެސީ އާއި ނޭމަރ އަދި ކިލިއަން އެމްބާޕޭ ވެސް ފޯވާޑުން ގެ ތެރޭގައި ހިމެނެއެވެ.

ދާދި ފަހުން ބާސެލޯނާއާ އަލުން ގުޅުނު އުމުރުން 38 އަހަރުގެ ޑެނި އަލްވޭސް އަށް މި އަހަރު ބްރެޒިލްގެ ޑޮމެސްޓިކް މުބާރާތެއްގައި ކުޅެވުނީ އެންމެ 16 ފަހަރު ކަމަށްވިޔަސް، މި ލިސްޓަށްއެރުމަށް އެކަށީގެންވާ ވަރަށް ވޯޓު ހޯދާފައިވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަށް 2020-21 ވަނަ އަހަރުގެ ސީޒަނުގައި އެންމެ ރަނގަޅު ތިން ކުޅުންތެރިންނަށް ވޯޓު ދިނުމަށް ފުރުޞަތު ހުޅުވާލީ ގޯލްކީޕަރުންނާއި ޑިފެންޑަރުންނާއި މިޑްފީލްޑަރުންނާއި ފޯވާޑުންގެ މެދުގައެވެ.

“ފިފްޕްރޯ” އިން ބުނީ 17 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފިފްޕްރޯ އިން އެންމެ ގިނަ ވޯޓު ލިބޭ ކުޅުންތެރިންނާ ބެހޭ ގޮތުން އިއުލާން އަޕްޑޭޓް ކުރަމުން އަންނަ އިރު، ޝޯޓްލިސްޓް 55 އިން 23 އަށް ދަށްކޮށްފައިވާ ކަމަށެވެ. މިއީ އަސްލު ‘ސްކޮޑަކާއި އެއްގޮތް ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށާއި، އާންމު ގޮތެއްގައި ބައިނަލްއަގުވާމީ މުބާރާތްތަކަށް ބަލާއިރު، މިކަމުގައި ޝާމިލުވާ ކުޅުންތެރިންގެ އަދަދު ގިނަ ކަމަށެވެ.

އެންމެ ގިނަ ވޯޓު ލިބުނު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ތިން ގޯލްކީޕަރުންނާއި ހަ ޑިފެންޑަރުންނާއި ހަ މިޑްފީލްޑަރުން އަދި ހަ ފޯވަޑުންނެވެ.

ފިފްޕްރޯއިން ބުނީ ވޯލްޑް 11 އަށް ހޮވާނީ ދެން އެންމެ ގިނަ ވޯޓު ލިބޭ އައުޓްފީލްޑް ކުޅުންތެރިޔާއަށް ހާއްސަކޮށްފައިވާ ބާކީ ޖާގަ އާއި އެކު ކީޕަރާއި ތިން ޑިފެންޑަރުންނާއި ތިން މިޑްފީލްޑަރުންނާއި އެންމެ ގިނަ ވޯޓު ލިބޭ ތިން ފޯވާޑުން ހިމެނޭގޮތުންކަމަށެވެ.

ފައިނަލް 11 އިއުލާން ކުރާނީ އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ބާއްވާ އެންމެ މޮޅު ފީފާ ފުޓްބޯލް އެވޯޑްސް ހަފްލާގަ އެވެ.

ފީފާ ފިފްޕްރޯ މެން ވޯލްޑް 11 23 ކުޅުންތެރިން ޝޯޓްލިސްޓް:

ގޯލްކީޕަރުން: އެލިސަން (ލިވަޕޫލު، ބްރެޒިލް) ޖިއަންލުއިޖީ ޑޮނަރުއްމާ (މިލާން/ ޕެރިސް ސެއިންޓް ޖާމަން، އިޓަލީ) އެޑުއާޑް މެންޑީ (ޗެލްސީ، ސެނެގާލް)

ޑިފެންޑަރުން: ޑޭވިޑް އަލަބާ (ބަޔާރން މިޔުނިކް/ ރެއާލް މެޑްރިޑް، އޮސްޓްރިއާ) ޖޯޑީ އަލްބާ (ބާސެލޯނާ، ސްޕެއިން) ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް (ލިވަރޕޫލް، އިންގްލެންޑް) ޑެނި އަލްވޭސް (ސައޮ ޕައުލޯ/ ބާސެލޯނާ، ބްރެޒިލް) ލިއޮނާޑޯ ބޮނޫޗީ (ޔުވެންޓަސް، އިޓަލީ) ރުބެން ޑިއާސް (މެންޗެސްޓާ ސިޓީ، ޕޯޗުގަލް)

މިޑްފީލްޑަރުން: ސާޖިއޯ ބުސްކެޓްސް (ބާސެލޯނާ، ސްޕެއިން) ކެވިން ޑި ބްރޫނީ (މެންޗެސްޓާ ސިޓީ، ބެލްޖިއަމް) ބްރޫނޯ ފެނާންޑޭސް (މެންޗެސްޓާ ޔުނައިޓެޑް، ޕޯޗުގަލް) ފްރެންކީ ޑި ޖޮންގް (ބާސެލޯނާ، ނެދަލެންޑްސް) ޖޮގިންހޯ (ޗެލްސީ، އިޓަލީ) އެންގޯލޯ ކާންޓޭ (ޗެލްސީ، ފްރާންސް)

ފޯވާޑުން: ކަރީމް ބެންޒެމާ (ރެއާލް މެޑްރިޑް، ފްރާންސް) ކްރިސްޓިއާނޯ ރޮނާލްޑޯ (ޔުވެންޓަސް/ މެންޗެސްޓާ ޔުނައިޓެޑް، ޕޯޗުގަލް) އެލިންގް ހާލަންޑް (ބޮރޫޝިއާ ޑޯޓްމަންޑް، ނޯވޭ) ރޮބާޓް ލެވަންޑޮސްކީ (ބަޔާރން މިޔުނިކް، ޕޮލެންޑް) ރޮމެލޫ ލުކާކޫ (އިންޓަ/ޗެލްސީ، ބެލްޖިއަމް) ކިލިއަން އެމްބާޕޭ (ޕެރިސް ސެއިންޓް ޖާމަން، ފްރާންސް) ލިއޮނެލް މެސީ (ބާސެލޯނާ/ ޕެރިސް ސެއިންޓް ޖާމަން، އާޖެންޓީނާ) ނޭމަރ (ޕެރިސް ސެއިންޓް ޖާރމަން، އާޖެންޓީނާ) ނޭމަރ (ޕެރިސް ސެއިންޓް ޖާރމަން، ބްރެޒިލް)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close