ޚަބަރު އިންޑިއާގެ ޗީފް އޮފް ޑިފެންސް އަވަހާރަވުމާއި ގުޅިގެން ރައީސް ސޯލިޙް ހިތާމަ ފާޅުކުރައްވައިފި

އިންޑިއާގެ ޗީފް އޮފް ޑިފެންސް އަވަހާރަވުމާއި ގުޅިގެން ރައީސް ސޯލިޙް ހިތާމަ ފާޅުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ ޗީފް އޮފް ޑިފެންސް އަވަހާރަވުމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ހިތާމަ ފާޅުކުރައްވައިފިއެވެ.

ރައީސް ސޯލިޙް ދާދިދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު އަވަހާރަވި ހިތާމަވެރި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ.  

އަދި 2019 ވަނަ އަހަރު އެމަނިކުފާނާ ބައްދަލުކުރުމުގެ ޝަރަފު ލިބިވަޑައިގެންނެވި ކަމަށްވެސް ޓްވީޓްގައި ވިދާޅުވިއެވެ. އަދި ރައީސް ގެ ޓްވީޓްގައި ވިދާޅުވީ ޖެނެރަލް ބިޕިން ރާވަތަކީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާގެ ޤައުމަށް ޚިދުމަތްކޮށްދެއްވި ތެދުވެރި ސިފައިންގެ ބޭފުޅެއްކަމަށެވެ.

އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

އިންޑިޔާގެ ވައިގެ ސިފައިން ބުނެފައިވާ ގޮތުގައި ޖެނެރަލް ބިޕިން ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓިފައިވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ޓެމިލް ނާޑޫގެ ސައިފަތް ދަނޑެއް ކައިރިއަށެވެ.

އެ ޙާދިޘާގައި ޢުމުރުފުޅުން 63 އަހަރުގެ ބިޕިންގެ އިތުރުން، އޭނާގެ އަނބިކަނބަލުން މަދޫލިކާ ރަވާތާއި، އިންޑިއާ އަސްކަރިއްޔާގެ އޮފިޝަލުންތަކެއް ވަނީ މަރުވެފައެވެ.

ޓެގް

ސިފައިން އިންޑިއާ ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.